
ibthihal-850x548
ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލައިގައި ދެ ފަރާތަށް ވެސް ފުރުސަތު ދީ ހުލާސާ ބަޔާން އިއްވާ އަޑުއެހުން މިއަދަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތް ތާވަލު ކޮށްފައި ވަނީ މެންދުރު 2:00 އަށެވެ.
ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އާފިޔާ ހާޒިރުވެފައި ވަނީ ދައުލަތުގެ ފަރާތުން އޭނާއަށް ހަމަޖައްސައިދިން ވަކީލަކާއެކުގައެވެ.