
mahloof-4
ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަރު ހިފި ކަމުގެ ދައުވާ އުފުލައިފިއެވެ.

މަޙްލޫފްގެ މައްޗަށް ކުރާ ދައުވާ އަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރެވޭ ދައުވާއެކެވެ. ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މަހްލޫފްގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީން މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މަހްލޫފްގެ މައްޗަށް ދައުވާކޮށްފައި މިވަނީ އެ މައްސަލާގައި ދައުވާކުރުން ލަސްވެ އެތައް ބައެެއްގެ ފާޑުކިޔުން ޕީޖީ އަށް އަމާޒުވެފައި ވަނިކޮށެވެ.