logoEN
cocacola
ކުޅިކޮށް ކެއުމުން ހަށިގަނޑަށް ވާގޮތް އެނގޭތަ؟

ކުޅިކޮށް ކެއުމުން ހަށިގަނޑަށް ވާގޮތް އެނގޭތަ؟

10

ކުޅިކޮށް ތައްޔާރުކުރާ ބައެއް ކުޅިކާއެއްޗެހި ތައްޔާރު ކުރުމުގައި، ލޯ ސަލާމަތްކުރުމަށް ނުވަތަ ލޮލުން ދިލަނެގުން ސަލާމަތްކުރުމަށް ބައެއް ޝެފުން ގޭސް މާސްކު އަޅައެވެ. ކުޅި ކާއެއްޗެހި ކެއުމުން، މުޅި ހަށިގަނޑަށް އަސަރުތަކެއް ކުރާކަމަކީ ދެކޮޅު ހެދެން ނެތް ހަޤީޤަތެކެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކަށް، ކުޅި ކާއެއްޗެހީގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާ އަދި ގެއްލުން ނޭނގެއެވެ. މިގޮތުން ކުޅިކޮށް ކެއުމުގެ ސަބަބުން ހަށިގަނޑަށް ވާގޮތް މިލިޔުމުގައި ހިމަނާލަމެވެ.

ގޮސިޔާ

ކުޅިކޮށް ކެއުމުން ހިކުމުގެ ފުރުޞަތު ބޮޑެވެ.

undefined

ކުޅިކޮށް ކެއުމުން ހަށިގަނޑުގައި އުފެދިފައި ހުންނަ އިތުރު ސަރުބީތައް އަންދާލުމަށް ފަސޭހަވެގެން ދެއެވެ. ނަމަވެސް ޤަވާއިދުން ކަސްރަތު ކެއުމާއި، ރަނގަޅު ކާނާކެއުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވޭނެ ކަންކަމަށްވެފައި، އެހެން އެއްވެސްކަމަކަށް މިކަންތަކާއި އަޅާ ނުކިޔޭނެއެވެ. ނަމަވެސް މިރުހުގައި އެކުލެވޭ "ކެޕްސިނޮއިޑްސް" ކިޔާ މާއްދާއެއްގެ ސަބަބުން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްދީ، ހަށިގަނޑުގައި ހުންނަ ސަރުބި ނައްތާލުމަށް އެހީވެދެއެވެ.

ހަށިގަނޑުގައި ތަފާތު ތަނދުތަކަށް ކެތްކުރުމުގެ ޤާބިލް އިތުރުކޮށްދޭ

undefined

ކުޅި އެއްޗެހި ކެއުމަކީ ބައެއް ފަރާތްތަކަށް ވޭންހުރި ކަމަކަށް ވާއިރު، ކުޅިކޮށް ކެއުމުން ހަށިގަނޑުގައި އަޅާ ވޭން އަދި ތަނދުތަކަށް ކެތްކުރުމުގެ ޤާބިލްކަން އިތުރުކުރުވާ ވާހަކަ ބުނުމުން ޤަބޫލުކުރަން އުދަނގޫވެއެވެ. އެހެން ނަމަވެސް ކަމުގެ މާހިރުން ބުނާގޮތުން، ކުޅިކޮށް ކެއުމުން، މިރުހުގައި އެކުލެވޭ މާއްދާއެއް ކަމުގައިވާ "ކެޕްސައިސިން"، އަހަރަމެންގެ ސިކުނޑީގައިވާ ޚާއްސަ މާއްދާއަކަށް ޓާގެޓް ކުރެއެވެ. ސިކުނޑީގައި ވާ މި މާއްދާ އަކީ އަހަރަމެންގެ ސިކުނޑީގައި ތަނދުގެ އިޙްސާސް އާއި ގުޅިފައިވާ ބައިގައި އެކުލެވޭ މާއްދާއެކެވެ. މިގޮތުން މިރުހުގައި އެކުލެވޭ "ކެޕްސައިސިން" ގެ ސަބަބުން ސިކުނޑިން ތަނދުގެ އިޙްސާސް ކޮންމެވެސް މިންވަރަކަށް އޮޅުވައި، ދަށްކޮށް ދެއެވެ. އެހެން ކަމުން ކުޅިކޮށް ކާމީހުންނަށް އެހެން މީހުންނަށް ވުރެ ބޮޑަށް ހަށިގަނޑުގައި އަޅާ ވޭނާއި ތަނދުތަކަށް ކެތް ކުރުމުގެ ޤާބިލްކަން ކޮންމެވެސް މިންވަރަކަށް އިތުރުކޮށްދެއެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމް އިތުރަށް ބާރުގަދަކޮށްދޭ

undefined

ކުޅި ކާއެއްޗެހި ގިނައިން ކާމީހުންގެ ހަށިގަނޑުގައި "އެންޓިއޮކްސިޑެންޓްސް" އިތުރުކޮށްދެއެވެ. "އެންޓިއޮކްސިޑެންޓްސް" އަކީ ތަފާތު ބަލިތައް ޖައްސާ ޖަރާސީމު ތައް ނައްތާލުމުގެ ބާރު ލިބިގެންވާ މާއްދާއެކެވެ. އަރިދަފުސް އަދި ރޯނގާ ޖެހިގެން އުޅޭ ދުވަސްވަރުގައިވެސް ކުޅިކޮށް ކެއުމުން އަރިދަފުސް ރަނގަޅުވަނީ މިހެންވެއެވެ. ފިނި މޫސުމުގައި ނުވަތަ ވިއްސާރަ ދުވަސްތަކުގައި ކުޅިކާއެއްޗެއް ކެއުމުން، ހަށިގަނޑަށް އަރާމުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު އިތުރުވެގެން ދާނެއެވެ.

ކުޅިކޮށް ކެއުމުން އުމުރު ދިގުކޮށްދޭ

undefined

ދިރާސާތަކުން ދައްކާ ގޮތުން، ހަފްތާއަކު 7 ދުވަސް އެއްކޮށް ކުޅިކޮށް ކާ މީހުންގެ މަރުވުމުގެ ފުރުޞަތު %14 އިންސައްތަ ދަށްކުރުވައެވެ. މިދިރާސާ ޚާއްސަ ކުރެވުނީ ގިނައިން ކުޅިކޮށް ކެއުމުގެ އާދަ އަށަގަނެފައިވާ ފަރާތްތަކަށް އެކަނިއެވެ. ކުޅިކޮށް ކެއި ކަމުގައިވިޔަސް، ދިރިއުޅުމުގައި ތަފާތު ރަނގަޅު ނޫން ސިއްޙަތަށް ގެއްލުންދޭ އާދަތައް ހަރުލާފައިވާ މީހުންނަށް މިފަދަ ނަތީޖާ އެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ހަށިގަނޑަށް ހަކުރު ބޭނުންކުރެވޭ މިންވަރު ދަށްކުރުވާ

undefined

ހަކުރަކީ އޭގެ ސަބަބުން ސިއްޙަތަށް ގެއްލުންލިބޭ އެއްޗެއްކަން ގިނަ ބަޔަކު ދަނެއެވެ. ނަމަވެސް ފޮނި ކާއެއްޗިއްސަކީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލު އެއްޗަކަށް ވުމުން، ހަކުރު މަދުކޮށްލުން ނުވަތަ ހުއްޓާލުމަކީ ފަސޭހަކަމެއް ނޫނެވެ. ކަމުގެ މާހިރުން ބުނާގޮތުން، ކެއުމަށް ބޭނުންކުރާ ތަކެތީގެ މެނޫ އަށް މިރުސް އެކުލެވޭ ކުޅިކާއެއްޗެހި އިތުރުކޮށްލުމުން، ފޮނި ކާއެއްޗެހި ކާހިތްވުން ނުވަތަ، ފޮނިކާތަކެތި ކެއުމުގެ އާދަ ބަދަލުވެގެން ދާނެއެވެ. ކުޅި ކާއެއްޗެއް ކެއުމަށްފަހު އާންމުކޮށް ފޮނި ކާއެއްޗެހި ކާހިތް ނުވާނެއެވެ. މިއީ ކާތަކެތީގެ ލިސްޓަށް ޗިލީ ސޯސް ފަދަ ތަކެތި އިތުރުކޮށްލަންޖެހޭ ސަބަބެކެވެ.

ކުޅި ކާއެއްޗެހި ކެއުމުން ދުލުގައި ހުންނަ ޓޭސްޓް ބަޑްތައް ހަލާކުކޮށްލާ

undefined

ކުޅިކާއެއްޗެހި ކާން އާދަވުމުގެ ސަބަބުން ލިބިގެންދާ ގެއްލުން އެންމެ ފުރަތަމަ ތަހައްމަލު ކުރަންޖެހީ ދުލަށެވެ. މިގޮތުން ކުޅިކޮށް ކެއުމަށް އަދަވެފައިވާ ފަރާތްތަކުގެ ދުލުގައި އާދަޔާ ޚިލާފު ދިލައެއް ކަހަލަ ގޮތެއް އިހްސާސްކުރެވޭނެއެވެ. މިއީ ކުޅިކޮށް ކެއުމުގެ ސަބަބުން ދުލުގައި ރަހަތައް ދެނެގަންނަން ޤުދުރަތީގޮތުން ހެދިފައިވާ "ޓޭސްޓް ބަޑް" ތައް ހަލާކުވުމުން ނުވަތަ މިރުހުގެ ސަބަބުން އަދައިގެން ދިޔުމުން ނަގާ ހޫނު ދިލަޔެކެވެ. މީގެ ސަބަބުން އަހަރަމެންނަށް ތަފާތު އެހެން ރަހަތަށް ފަސޭހައިން ދެނެގަންނަން ނުވަތަ އެރަހަތަށް އެންމެ ރަނގަޅަށް ދެނެގަންނަން ނޭނގެއެވެ. ނަމަވެސް މިއީ މާބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. މިގޮތަށް "ޓޭސްޓް ބަޑަށް" ލިބޭ ގެއްލުމަކީ ވަގުތީ ކަމެކެވެ. ނަމަވެސް ގިނަ ދުވަސްތަކަކަސް އާންމުކޮށް ކުޅިކޮށް ކާމީހުންނަށް، މިގެއްލުމުން އަރައިގަންނަން އެހާ ފަސޭހަ އެއް ނޫނެވެ.

ކުޅިކޮށް ކެއުމުގެ ސަބަބުން އެލާޖިކް ވޭ

undefined

ކުޅިކޮށް ކެއުމުގެ ސަބަބުން ބައެއް މީހުންނަށް ތަފާތު އެލާޖިކް ގޮތްތަކެއް ކުރިމަތި ކުރުވައެވެ. މިގޮތުން ރޭގަނޑު ކުޅިކޮށް ކެއުމުން ހެނދުނު ހޭލާއިރު، ބައެއް މީހުންގެ މޫނުގެ މަސްތައް އެތެރެއަށް ވަދެ، އަދި މޫނާއި، ގައިގެ އެކިތަންތަން ހިރުވައި ފިތްގަނޑު ނަގައި ގޮތް ގޮތް ވެއެވެ. މިއީ މިރުހުގެ ސަބަބުން ބައެއް މީހުންނަށް ކުރިމަތިވާ އެލާޖީ ތަކެވެ. މިރުހުގައި އެކުލެވޭ ބައެއް މާއްދާގެ ސަބަބުން ބައެއްފަހަރު ބައެއް މީހުންނަށް މިފަދަ އެލާޖީ ކުރިމަތިވެއެވެ. ބައެއް ފަރާތަކުގެ ހަށިގަނޑު މިރުސް އެކުލެވޭ ކެއުން ކެއުމުން މިފަދަ ގޮތްގޮތަށް އެލާޖިކް ކުރިމަތި ކުރުވައެވެ. މިފަދަ ގޮތްތަކެއް ވާކަން އެނގޭނަމަ ޑޮކްޓަރަށް ދައްކައި ޑޮކްޓަރީ ލަފާ ހޯދުން މުހިންމެވެ.

ކުޅިކޮށް ކެއުމުގެ ސަބަބުން ބަނޑުގެ މައްސަލަތައް އިތުރަށް ގޯސްވޭ

undefined

އާންމުކޮށް ބަނޑުގެ މައްސަލަ ހުންނަ މީހުން، ކުޅިކޮށް ކެއުމަކީ އެހާ ރައްކާތެރި ކަމެއް ނޫނެވެ. ކުޅިކޮށް ކެއުމުން ފުރަތަމަ ކަމެއްގެ ގޮތުން، ބޭރަށް ހިންގައެވެ. މިރުހުގައި އެކުލެވޭ "ކެޕްސައިސިން" ގެ ސަބަބުން ބައެއް ފައިދާތަށް ހަށިގަނޑަށް ވީ ނަމަވެސް، ޖުމްލަ ގޮތަކަށް ބުނާނަމަ، އޭގެ ސަބަބުން، ހޫނު ދިލައެއް އުފައްދައެވެ. މިރުހުގައި އެކުލެވޭ މިމާއްދާގެ ސަބަބުން ބައެއްފަހަރު "ގެސްޓްރައިޓިސް" މައްސަލަ ނުވަތަ ބަނޑުގައި ވައި ހެދުން ފަދަ އުދަނގޫތައް ކުރިމަތި ކުރުވައެވެ. މީގެ އިތުރުން، ބަނޑުގެ ތަފާތު އެކި އުދަނގޫތައް ނުވަތަ މައްސަލަތައް ޖެހޭ މީހުން ކުޅިކޮށް ކެއުމުން އެމައްސަލަތައް އިތުރަށް ގޯސްވެއެވެ.

ކުޅިކޮށް ކެއުމުން މެއިން ދިލަނަގާ ގޮތް ވޭ

undefined

މިރުހުގައި ތަފާތު އެސިޑްތައް އެކުލެވެއެވެ. އަދި މިރުސް އެކުލެވޭ ކުޅި ކާއެއްޗެހި އާދަޔާ ޚިލާފަށް ގިނައިން ކެއުމުން، ގޮހޮރާއި ހަޖަމްކުރުމުގެ ބައިގެ އެތެރެ މިފަދަ އެސިޑްތަކުގެ ސަބަބުން އަނދައިގެން ދެއެވެ. މިމައްސަލަ އަށް ހައްލެއް ނުހޯދިއްޖެނަމަ، ދުވަސްވާ ވަރަކަށް ލިބިގެންދާ ގެއްލުން ބޮޑުވެގެން ދެއެވެ. އެހެންކަމުން ކުޅިކޮށް މާގިނައިން ކެއުމަކީ އެހާ ރައްކާތެރި ކަމެއް ނޫނެވެ. މެއިން ދިލަނަގާ ފަދަ ގޮތްތަކެއް އިޙުސާސް ކުރެވޭނަމަ، ގިނައިން ދިޔާ ކިރު ބޯށެވެ. އަދި މިފަދަ އިޙްސާސެއް ކުރެވޭނަމަ، ފިނިކޮށްލުމަށް އައިސްކްރީމެއް ފަދަ ފިނިއެއްޗެއްގެ ބޭނުން ކުރެވިދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ