logoEN
cocacola
އިންޑިޔާގެ އަވަށެއްގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ

އިންޑިޔާގެ އަވަށެއްގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ

އަޙްމަދު ޖަމީލު

logo

12/9/2020, 9:05:01 AM

andhramysteriousdisease

އިންޑިޔާގެ އަވަށެއްގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި ގިނަ ޢަދަދެއްގެ މީހުން ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.

ގޮސިޔާ

މިބަލީގެ އަލާމާތްތައް ފެންނަމުންދަނީ އަންދްރަޕްރަދޭޝްގެ ވެސްޓު ގޯޑާވަރީ ޑިސްޓްރިކްޓުގައި އޮންނަ އަވަށެއްކަމަށްވާ އެލޫރު އަވަށުންނެވެ.

އެޕިލެޕްސީއާއި އެއްގޮތްކަމެއް ހުންނަ އަލާމާތްތަކެއް ފެންނަ މި ބަލީގެ ސަބަބުން އެކަކު ވަނީ މަރުވެފައެވެ. އަދި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 300 އަށްވުރެ ގިނަ މީހުންވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި މޭނުބައި ކުރުމާއި ހޭނެތުމުގެ އިތުރުން ގިނަ މީހުންގެ ކިބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ވެއްޓުމާއި އަނގައިން ފޮނުއެރުމާއި ތުރުތުރުއެޅުން ހިމެނެއެވެ. އަދި މި ގޮތް ނޭނގޭ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށެވެ.

ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތުމުން ޑޮކްޓަރުންވަނީ ހައިރާންކަން ފައުޅުކޮށްފައެވެ. މިހާތަނަށް ބެލި ބެލުމުން އަލާމާތްތައް ފެނުނު މީހުންގެ ލޭގެ ތަހުލީލުތަކުން އެއްވެސް މައްސަލައެއް ފާހަގަވެފައެއް ނުވެއެވެ.

އަންދްރަ ޕްރަދޭޝްގެ ޞިއްޙަތާއިބެހޭ ވަޒީރު، އައްލާ ނާނީވަނީ އެލޫރުގެ ސަރުކާރުގެ ހަސްފަތާލަށް ޒިޔާރަތްކުރައްވާ ފަރުވާ ހޯދަމުންދާ މީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އޭނާ ވިދާޅުވީ އާދަޔާ ޚިލާފު އަލާމާތްތަކާއިއެކު އެނދުމަތިކޮށްފައިވާ މީހުން ކޯވިޑް-19އަށް ތަހުލީލުކޮށްފައިވާކަމަށާއި އެއިން އެއްވެސް މީހަކަށް ބަލިޖެހިފައިވާކަމަށް ނަތީޖާއިން ދައްކާފައިނުވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ