logoEN
ކޮކާކޯލާ
ކޮންމެ ކަމެއްވެސް ހަމަ ސިޔާސީއެވެ

ކޮންމެ ކަމެއްވެސް ހަމަ ސިޔާސީއެވެ

A Maldives national flag flutters as pigeons fly past during the morning in Male

ދިވެހި ގައުމަކީ ކުޑަ ގައުމެކެވެ. ބައެއްފަހަރު ބައެއް ކަންތައްތަކަށް ވެސް މުޅިން އައު ބަޔެކެވެ. ބައެއް ފަހަރު މުޅިިން އައު ކަމަކަސް، ދަސްކުރަންވެސް ގިނަދުވަސް ނަގައެވެ. މިދަންނަވަނީ އެއްވެސް ހާލެއްގައި ދިވެހީންގެ ނާގާބިލުކަމުގެ ވާހަކައެއްނޫނެވެ. ބައެއް ފަހަރު އައު ކަންކަން ދަސްކުރަން ގިނަދުވަސްވާ ވާހަކައެވެ. ހަމައެބީދާއިން، 2008 ގައި ދިވެހިރާއްޖެއަށް ޑިމޮކްރެސީ އައުންވީ މުޅި ގައުމު މުޅީން ބަދަލުކޮށްލި ކަމަކަށެވެ. ސާފުކޮށް ބުނާނަމަ، ދިވެހީންގެ ތެރޭގައި އެކި ކަހަލަ ޙިޔާލުތަފާތުވުންތަށް އުފެދި އެތަކެއް ހަމަނުޖެހުންތަކެއްވެސް ހިނގިކަމަކަށެވެ. ކުލައިގެ ތަފާތުވުންތަށް އިންތިިހާއަށް އިތުރުވިއެވެ. ރައްޔިތުން ވަކި ކުލައަކަށް ގަދަރު ދިނުމަށްފަހު އަނެއްކުލަ ފައިދޮށަށް ލައި ވެއްޔާއިވެސް މޮޑެލައެވެ. އެހާވެސް ޑިމޮކްރެސީގެ "ބާރު" ގައުމުގައި އޮތީ ގަދަވެފައެވެ.

އަބުޅޯ

ޑިމޮޮކްރެސީ ދިވެހި ގައުމަށް އައުމަކުން މައްސަލައެއްނެތެވެ. ރަނގަޅެވެ. ރައްޔިތުންނަށް ބައިވަރު އެތަކެއް ހައްގުތަކެއް ދެވިގެންދިޔައެވެ. ގައުމުގެ ކަންކަން ވަރަށް ބޮޑަށް "ސިސްޓަމެޓިކް" ވެގެންދިޔައެެވެ. އެހާ ހިސާބަކީ ދިވެހިގައުމުވެސް ފެހި ގާނޫނު އަސާސީއަށް އަމަލުކޮށް ފިރުކެންވެސް ފެށިދައުރެވެ. ކަންކަން ދިޔައީ ފައްކާވެ އާރޯ ވަމުންނެވެ. ދިވެހި ރައްޔިތުންނަށްވެސް އެތަކެއް އައު ކަންތައްތަކެއް ދަސްވެ، އިނގެމުން ދިޔައެވެ. ނަމަވެސް ޑިމޮކްރެސީ އައިފަހުން އެންމެ ބޮޑު އެއް މަައްސަލައަކަަށްވީ ގައުމުގެ ކޮންމެ ކަމެއް ކޮންމެވެސް ބަޔަކު ސިޔާސީ ކޮށްލުމެވެ. މީހަކު މަގުމަތިން ހިނގާގޮތުންވެސް އެމީހަކީ މިވެނި ފިކުރެއްގެ މިވެނި މީހަކަށް ތާޢީދު ކުރާ މީހަކަށް ހަދާލުމެވެ. ހަސްފަތާލެއްގައި އެދުމަތިކޮށްފައި އޮންނަ ބަލިމީހަކު ވަކިބައްޔަކުން ރަނގަޅުވެފައި ހަމައެހެންމީހަކު އެބަލީގައި މަރުވީމާ "މަރު" ވެސް ގޯސްކުރާ ފަދައިންނެވެ. ކިޔަވާ ކުއްޖަކަސް، ފިރިހެނަކަސް، އަންހެނަކަސް ކޮންމެ ކަމެއްވެސް ކޮށްލަނީ ސިޔާސީއެވެ.

މިޒަމާނުގައި ދުނިޔޭގެ ގިނަ ގައުމުތަކަކީ ވޯޓް ލުމުގެ ނިޒާމަށް އަމަލުކުރާ ގައުމުތަކެވެ. ޑިމޮކްރެސީއަކަސް އެހެން ކޮންމެފަދަ ނިޒާމަކަށް ވިޔަސްމެއެވެ. އެބަޔަކު ކިޔާބަހަކުން ވޯޓްލައި ވޯޓުން ގައުމުގެ ކަންކަން ނިންމަން ބާރުދެވިފައި އޮވެއެވެ. ހަމައެގޮތަށް، ދިވެހިގައުމުގައިވެސް ދިވެހި ރައްޔިތުން ނުކުމެ ކެމްޕެއިންކޮށް ވޯޓުލައިގެން ހޮވާ ގައުމުގެ ވަލީއުލްއަމުރަށް ބަލާލަމާތޯއެވެ. ވެރިކަމުގައި އެމީހަކު އެމީހެއްގެ ދައުރު ފުރިހަމަކޮށްލުމަށްފަހު ފައިބަނީއެވެ. ދެރަކަމަކަީ، ދެވަނަ ދައުރަކަށް އެމީހަކު އަދި ހޮވިފައެއްނެތެވެ. ނަމަވެސް ހޮވެނީ ޖަލުން ބަޔަކަށެވެ. ދިވެހިރާއްޖެއަށް ޑިމޮކްރެސީ އައުމަށްފަހު، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކުން އަކުން ރިޔާސީ ނިޒާމަކަށް ބަދަލުވެ، ކޮންމެ ރައީސަކުވެސް "މަސްވެރިކަން ކޮށް މަހުން ލަފައިގެން މަސްކަނޑާ" އުސޫލުން، ވެރިކަމުގައި އެމީހެއްގެ ދައުރެއް ނިންމުމަށްފަހު ޖަލުގައި ދުވަސް ތަކެއް ހޭދަކުރައްވަން ޖެހެއެވެ. މިއީ ފެންނަމުންދާ ހަގީގަތެވެ. ނަމަވެސް ހަގީގަތުގައި މިއީ ވަރަށް ދެރަކަމެކެވެ. އެހެނީ ކޮންމެފަދަ ސަބަބަކަށްވިޔަސް، ޑިމޮކްރެސީގެ މިހާ ޅަފަތުގައި މިފަދަ ބައިވަރު ބޮޑެތި ކަންތައް ވާންވެއްޖެނަމަ، ކުރިމަގާއިމެދު އަޅުގަނޑުމެން ވިސްނާލުން މުހިއްމެވެ. މިކަންވެސް ހަމަ ގުޅެނީ އެއްކަލަ ސިޔާސީއާއެިެވެ. ކޮންމެފަދަ ކަމަކާއި ހުރވިޔަސް ޖަލަށް ވަަޑައިގްނަނަވާ ކޮންމެ ރައީސެއްގެ ހުކުމްވެސް އެންމެ ފަހުންވަނީ ސިޔާސީއެވެ.

ދިވެހިގައުމުގައި މިހާރު ސިޔާސީނުވާކަށް ކަމެއްނެތެވެ. އާއިލީ ގުޅުންތަކުގެ މެދަށްވެސް ވަންނަނީ ސިޔާސީއެވެ. ރަހްމަތްތެރިކަމުގެ ގުޅުންތަކުގެ ތެރެއަށްވެސް ސިޔާސީއެވެ. ކޮންމެ ތާކުވެސް ސިޔާސީއެވެ. ބޭރުގެ ގައުމުތަކާއި ދިވެހި ރާއްޖެއާއި އޮންނަ ގުޅުންތަށްވެސް، ކުރެވޭ ކަންތަށްވެސް ސިޔާސީއެވެ. ސިނަމާލެ ބްރިޖް އެޅުމުން އެކަންވެސްވީ ސިޔާސީ ކަމެއްގެ ގޮތުުގައެވެ. ނަމަވެސް އެތަނުގެ ބޭނުން އެންމެންވެސް ހިފައެވެ. ހުޅުމާލޭގައި ހުންނަ އިންޑޯ ސްވިމިންގްޕޫލްއަށް ވަކި މީހަކު ދިޔުމުން އެކަންވެސް ވީ ސިޔާސީއެވެ. ދަރުމަންތަ ހޮސްޕިޓަލްގެ ވަކި ފަންގިފިލާއެއް ކޮވިޑްގެ ބޭނުމަށް ނެގުމުން އެކަންވެސް ސިޔާސީކުރީއެވެ. ހެންވޭރު ބޮޑުހުޅު ވެސް ކުރީ ސިޔާސީއެވެ. މާލޭގެ ބައެއްމަގުތަކުގައި ތާރު އެޅުމުން އެކަންވެސް ސިޔާސީ ކުރީއެވެ. ސިޔާސީ ނުވާކަށް ކަމެއްހަމަ ނެތެވެ.

ދިވެހި ގައުމު ހަމަ ރަނގަޅަށްވެސް ސިޔާސީ ވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ގައުމުގައި ހިންގާ ހުރިހާ ކަމަކާއި، ގައުމުގައި ދެކެވޭ ހުރިހާ ވާހާކަތަކާއި، ކުރެވޭ ހުރިހާ ކަމެއްވެސް ވަނީ ސިޔާސީއެވެ. ކުރަނީ ސިޔާސީއެވެ. ނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދިވެހީންގެ ސިޔާސީ ކޯޅުންތަކާއި ސިޔާސީ ކަންތައްތަށް ދިވެހީންގެ އެކުވެރިކަމާއި އުޙުތްވަތްތެރިކަމުގެ ގާތުގައި އަދި ކުޑަކޮށް ކައިރިވެސް ނުކޮށްލެވޭނޭކަމެވެ. ތެދެކެވެ. ޒަމާނަށް އައި ބަދަލާއިއެކީ އިހު އޮތް އެކުވެރިކަމުގެ އުސޫލުތަކަށް ބަދަލު އައި ކަމުގައިވީނަމަވެސް، ދިވެހީންގެ ފަރާތުން އެކުވެރިކަމާއި އުޙުތްވަތްތެރިކަން ފެންނަންޖެހޭ ކޮންމެ ހާލަތެއްގައިވެސް އެ ލާމަސީލު މިސާލުތަށް ފެންނަކަމީ ނުލާހިކު ބޮޑު އުފަލެކެވެ. ސިޔާސީ އަކީ ހަމަޔަގީނުންވެސް މުޅިން އަދި މުޅިންއެހެންކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ