logoEN
Sto top
މީހަކު މަރުވުމާއެކު އޭނާގެ އަވައްޓެރިންނަށް 7.5 މިލިއަން ޑޮލަރު!

މީހަކު މަރުވުމާއެކު އޭނާގެ އަވައްޓެރިންނަށް 7.5 މިލިއަން ޑޮލަރު!

main-qimg-5c799cd46d9cc88c87c49fc94520a36e

ޖަރުމަންގެ އުމުރުން ދުވަސްވީ އަންހެނަކު މަރުވުމާއެކު އޭނާގެ މިލްކިއްޔާތުގައި ހުރި 7.5 މިލިއަން ޑޮލަރު އޭނާގެ އަވައްޓެރިންނަށް ވާރުތަވެއްޖެއެވެ.

Wamco

ޖަރުމަންގެ މެދުތެރޭގެ އަވަށަކަށް ނިސްބަތްވާ ރެނާޓް ވީޑެލް 81 އަހަރުގައި މަރުވި އިރު އޭނާގެ މުދާ ވާރުތަ ވާނެ މީހަކު ނެތުމާއެކު އޭނާ ވަނީ މަރުވެމުގެ ކުރިން އޭނާގެ މިލްކިއްޔާތު އޭނާގެ އަވަށަށް ވާރުތަވާގޮތް ހަދާފައެވެ.

އެ އަވަށުގެ މޭޔަރު ބުނީ އެވަރުގެ ބޮޑު މިލްކިއްޔާތެއް ލިބުމާއެކު އޭނާ އަދި އެ އަވަށް ހިންގާ އެކި އިދާރާތަށް ތިބީ ހައިރާންވެ އަންތަރީސް ވެފައި ކަމަށެވެ. "އެންމެ ފުރަތަމަ އަހަރެން ހީކުރީ މިއީ އެއްވެސް ގޮތަކުން ވެދާނެ ކަމެއް ނޫން ކަމަށް. އަހަރެން ހީކުރީ އެ އަދަދުގައި އޮތް ކޮމާ އޮތީ ނުބައި ތަނެއްގަ ކަމަށް އަދި ކޮންމެވެސް މައްސަލައެއް އެބަ އުޅޭ ކަމަށް." އޭނާ ބުންޏެވެ.

މަޢުލޫމާތު ލިބޭގޮތުގައި ވީޑެލްގެ މިލްކިއްޔާތުގައި މިހާ ގިނަ އަދަދެއްގެ ފައިސާ ހުރީ އޭނާގެ ފިރިމީހާ 2014 ވަނަ އަހަރުގައި މަރުވެ އޭނާގެ މުދާ ވާރުތަވުމުގެ ސަބަބުންނެވެ. އޭނާގެ ފިރިމީހާ އަލްފްރެޑަކީ ސްޓޮކް އެކްސްޗޭންގިންގައި ވަރަށް ހަރަކާތްތެރި އަދި އެހާމެ ކާމިޔާބު މީހެކެވެ.

މި އަވަށުގެ ރަށްވެހިން ވަނީ ވީޑެލްގެ ދެމަފިރިންނަށް ޝުކުރު އަދާކޮށް ބަޔާނެއްވެސް ނެރެފައެވެ. މި ބަޔާނުގައި އެ އަވަށަށް ވާރުތަވި ފައިސާ ޒިންމާދާރުކަމާއެކު އެ އަވަށުގެ ތަރަށްޤީ އާއި ކުރިއެރުމަށް މަސައްކަތް ކުރުމަށް ޚަރަދު ކުރާނެކަމާއި އަބަދުވެސް އެ ދެމަފިރިންގެ މަތިން ހަނދާން އާކުރާނެ ކަމުގައި ބުނެފައި ވެއެވެ.

މިއީ ކޮންމެ މީހަކުވެސް ބޭނުންވާނެފަދަ އަވަށްޓެރިއެކެވެ. ޚާއްޞަކޮށް ކޮވިޑުގެ މި ދަތި އުނދަގޫ ވަގުތުގައި މިފަދަ 'ހީރޯ' ލިބުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. އެހެން ނޫންތޯއެވެ؟

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside