![ލެޖެންޑަރީ ލިސްޓް- މީސްމީޑިޔާގައި ބުލީ ކުރުމުގެ އާ ސަޤާފަތެއް](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F12%2Fd79e38bc18666631ecef7db0c77c23c2.jpg&w=3840&q=75)
ލެޖެންޑަރީ ލިސްޓް- މީސްމީޑިޔާގައި ބުލީ ކުރުމުގެ އާ ސަޤާފަތެއް
d79e38bc18666631ecef7db0c77c23c2
މީސްމީޑިޔާ ވެފައި މި އޮންނަނީ އާމުންގެ ތެރޭގައި ވަރަށް މަގުބޫލް އެއްޗަކަށެވެ. ކިތަންމެ އުމުރުން ދޮއްޓަކަސް މިކަމަށް އަހުލުވެރި ވެފަ ނެތިއްޔާ އަދި މުޅިއަކުން މި ޒަމާނަށް ނުފެތެއެވެ. އުމުރުން ދެތިން އަހަރު ނުވާ ކުޑަކުދިންވެސް މިކަމަށް ވަރަށް ފަރިތައެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ތަޒާ ހަބަރު ތަކާއި މުނިފޫހިފިލުވަން މި ޕްލެޓް ފޯރމް ތަކަކީ ހަމަ މަރެކެވެ. މީގެ އިތުރުން ވަގުތުން ގޮތްނިންމާ ކޯޓަކަށް މި ތަން މި އޮންނަނީ ވެފައެވެ. ނުވިތާކަށް ޖަވާބުލިބެން އެތަކެއް ދުވަސްތައް ހޭދަވާ ސަރުކާރުގެ މުވައްސަސާތަކުގެ ފުރިހަމަ ސަމާލުކަން ވަގުތުން ލިބޭނެ ތަނަކަށް މި އޮންނަނީ މިތަން ވެފައެވެ. އެތަކެއްކުއްވެރިން ތަކެއް ތަންފީޒީ އިދާރާތަކުގެ ސަމާލުކަމަށް ވަނި ގެނެވިފައެވެ. ހިގަމުން އަންނަ އެތަކެއް ވައްކަމެއް ވަނީ މި ތަނުގައި ފަޅާ އަރުވާފައެވެ.
ކޮންމެއަކަސް މި ހުރީ މި މުޖްތަމައަށް މީސްމީޑިޔާގެ ޒަރިއްޔާއިން ލިބިފައި ހުރި އަދި ލިބެމުންދާ ހެޔޮ ފައިދާ އެކެވެ. ނަމަވެސް ދެންމިއޮތީ މީގެ އަނެއްކޮޅެވެ. ތިމާ މީހެއްދެކެ އަންނަ ރުޅިން ތަންދޮރު ނުބަލައި މީހާ ފަލީހަތް ކޮއްލަން މި ޕްލެޓްފޯރމް އަކީ ހަމަ އެއްވަނައެވެ. ދޫކޮއްލާ ޕޯސްޓަކުން މީހާ ރޮލާ ކާލާއިރު ދިރުވާލަން ފެންފޮދެއް ހާ ހިސާބުވެސް ބޭނުން ނުވެއެވެ. އެހާވެސް ފަރިތައެވެ. ބަހުސް ހޫނުވެގެން ގޮސް ބޮޑެތި ނޫސްތަކުގެ ސުރުހީތަކަށް އަރަން ނަގަނީ މަދު ވަގުތު ކޮޅެކެވެ. މިއީ މި މީހުންނަށް ލިބޭ ފަހުރެއް ކަމަށް ވެސް ވެދާނެއެވެ. ދުވާލެއްގެ މައްޗަށް މިކަހަލަ ބަހުސްއެއް ނުދާނެ ދުވަހެއް ނުދެއެވެ. އެކަތި ނިމޭއިރު އަނެއް ބަހުސް މި އޮންނަނީ ތާވަލު ކުރެވިފެއެވެ. ނިމޭ މައްސަލަތަކުގެ ތެރެއިން އެންމެ ހިޓް މައްސަލަތަށް މި އޮންނަނީ "ލެޖެންޑަރީ ލިސްޓް" އަށް އެޑް ވެފައެވެ. އެމީހެއްގެ ކުޑަ ފޮޓޯއެއް ހުންނަ މިލިސްޓަކީ ކޮންމެ އަހަރަކު އެއްފަހަރު އާވަމުންދާ ވަރަށް އަޕްޑޭޓް ލިސްޓެކެވެ. އަހަރުގެ ކުރީ ކޮޅު ހިނގި ކަމެއް ނަމަވެސް މި ލިސްޓް ފެނުމުން އިހަށްދުވަހު ވީ ކަމެއް ފަދައިން ހަނދާނަށް އަންނާނެވެ.
މިކަން މިހެން ހިގި ނަމަވެސް މިކަމަކީ އެއްގޮތަކައްވެސް ކޮއްގެން ވާނޭ ކަމެއް ނޫނެވެ. މި ލިސްޓުގައި ހިމެނިފައި އަދިނުހިމެނިވެސް އެތަށް ބަޔަކަށް އަންނަނީ މީހުންނާ ކުރިމަތިލާން ނުކެރި އެތަކެއް އުނދަގޫ ތަކަކާ ކުރިމަތި ލަމުންނެވެ. މިކަން ތަހަންމަލް ކުރަމުންދާ ބައެއް މީހުންނަކީ ކަމާ ނުވެސް ބެހޭ ބަޔަކު ގަސްތުގައި އަގުވައްޓާލަން ޓާގެޓް ކޮއްފައި ތިބި މީހުންނެވެ. ބަސްބުނުމުގެ ބޭނުމުގައި ކަތިލެވެނީ ބައެއްގެ އަބުރެވެ. މީސްމީޑިޔާގެ އަސްލު މަގްސަދަށް ވާސިލް ވުމަށް މިވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައެވެ. އެކަކު އަނެކެއްގެ އަގު ވެއްޓުން ހުއްޓައި ނުލައިފި ނަމަ ހީވެސް ނުކުރާފަދަ އެތަށް ދެރައަކާ ކުރިމަތި ލާން ޖަހިދާނެވެ.