logoEN
Sto top
ޤައުމީ ދުވަސް ފާހަގަކުރުމަށް ނަޑެއްލާގައި ޚާއްސަ ފުޓްސަލް މެޗެއް

ޤައުމީ ދުވަސް ފާހަގަކުރުމަށް ނަޑެއްލާގައި ޚާއްސަ ފުޓްސަލް މެޗެއް

އަހުމަދު ޝުރާއު

logo

10/9/2021, 2:15:26 PM

DSC_0949

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ގދ. ނަޑެއްލާގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެން ނިންމައިފި އެވެ.

Wamco

އެރަށު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މެޗުގައި ބައްދަލުކުރާނީ އަވަށްޓެެރި ފުލުހުންގެ ޓީމަކާއި، ރަށުތެރެއިން ހޮވާލެވޭ ޓިމެކެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި ނަޑެއްލާ ފުޓްސަލް ދަނޑުގައި އެވެ.

މި މެޗު ކުޅުމަށްޓަކައި މިއަދު ހެނދުނު ފުލުހުންގެ ޚާއްސަ ޓީމެއް ވަނީ އެރަށަށް ޒިޔާރާތްކޮށްފައި އެވެ. މިއަދު ނަޑެއްލާއަށް ވަޑައިގެންނެވި ފުލުހުންގެ ވަފުދުގައި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި އެ އަތޮޅުގެ އެކި ސްޓޭޝަންތަކުގެ އިސް ފުލުހުން ބައިވެރިވެވަޑައިގެންނަވައެވެ. ފުލުހުން ނަޑެއްލާއަށް ކުރައްވާ ދަތުރަކީ އަވަށްޓެރި ފުލުހުންގެ ފަރާތުން ނަޑެއްލާގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހަރަކާތްތަކެއް ހިންގުމަށް ކުރާ ދަތުރެކެވެ.

މި މެޗުގެ މައިގަނޑު މަގްސަދަކީ ނަޑެއްލާ ރައްޔިތުންނާއި ފުލުހުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside