logoEN
Sto top
ދިރާގު ފައިބަރ އިންޓަރނެޓްގެ ހިދުމަތް ރަތަފަންދޫއަށް

ދިރާގު ފައިބަރ އިންޓަރނެޓްގެ ހިދުމަތް ރަތަފަންދޫއަށް

IMG_20210921_154112_479

ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް ގދ. ރަތަފަންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

Wamco

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕޯރޓްފޯލިއޯ ގައި ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް އެކުލަވާލާފައިވަނީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތުން ލިބިގެންދާނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. ދިރާގުން އަންނަނީ ރާއްޖޭގެ 65 ރަށަކަށް މި ހުދުމަތް ފޯރުކޮށްދެމުންނެވެ.

ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގުން އަންނަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ގިނަ ހިދުމަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC