logoEN
Sto top
ބިމު ކުލި މީރާ އިން ނެގުން ހުއްޓާލާ ކައުންސިލްތަކަށް

ބިމު ކުލި މީރާ އިން ނެގުން ހުއްޓާލާ ކައުންސިލްތަކަށް

އަޙްމަދު ޖަމީލު

logo

11/30/2020, 3:15:25 PM

5qTXxqYPFIctT2mzWkQV

ބޮޑެތި މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުލި ކައުންސިލްތަކުން ނަގަން ނިންމައިފި އެވެ.

Wamco

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން ބޮޑެތި މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ކަމާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި މީރާ އިން ބަލައިގަންނަމުން ދިޔަ ފައިސާ މާދަމާ އިން ފެށިގެން ބަލައިގަތުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލަކުން ކަމަށާއި ބިންތަކާ ގުޅިގެން ފައިސާ ދައްކާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް ވަނީ މިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބައެއް ބާރުތައް އަލުން އެ ކައުންސިލްތަކަށް ދޫކޮށްލާފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside