
ވިލިނގިލީ ހޮސްޕިޓަލް އެމްބިއުލާންސްގައި އޮކްސިޖަން ނެެތުމުގެ ސަބަބުން ބަލިމީހަކު ނިޔާވެއްޖެ
F7sSjDND3Kb6NlyR3ol1
ގއ ގެމަނަފުށިން އޮކްސިޖަން ގުޅައިގެން ގއ ވިލިނގިއްޔަށް ސީއެމްބިއުލާންސްގަައި ގެނައި ބަލިމީހަކު އެރަށު އެމްބިއުލާންސްގައި އޮކްސިޖަން ނެެތުމުގެ ސަބަބުން ހާލު ގޯސްވެ ދާދި ދެންމެއަކު ނިޔާވެއްޖެެ އެވެ.

ބަލިމީހާ ވިލިނގިއްޔަށް ގެނެސްފައިވަނީ ގއ އަތޮޅު ހޮސްޕިޓަލްގެ ސީއެމްބިއުލާންސްގައެވެ. '' ގާފު '' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިމީހާގެ ހާލު ދެރަވީ ސީއެމްބިއުލާންސިން ބަލިމީހާ އެމްބިއުލާންސަށް އެެރުވުމަށް އޮކްސިޖަން ނައްޓާލުމުންނެވެ. އަދި އެމްބިއުލާންސަށް ބަލިމީހާ އަރުވުން އުޅުނު ވަގުތު ބަލިމީހާ ތުރުތުރު އަޅާފައި ތެޅެން ފުށުމާއި އެކު އެެމްބިއުލާންސްގައި އޮކްސިޖަން ނެތުމުގެ ސަަބަބުން އަނބުރާ ސީއެމްބިއުލާންސަށް އެރުވުމަށް ފަހު އޮކްސިޖަން ދެމުން ދަނިކޮށް ބަލިމީހާގެ ހަރަކާތަ ހުއްޓުނީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ބަލިމީހާ ގއ ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ ނިޔާވެެފައެވެ.
މިކަމާ ގުޅިގެން ގއ އަތޮޅު ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް ގާފުން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.