
ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
1540876924
ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އދ. ފެންފުށީގައި ނިޔާވެފައި އޮއްވާ ފެނިފައި 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެ ކުއްޖާ ފެނިފައިވަނީ ހޯދަމުންދާތާ ގަޑިއެއްހާ އިރު ފަހުންނެވެ.
ފުލުހުން ވިދާޅުވީ، އދ. ފެންފުށީގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމަށް މިއަދު 15:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ހެލްތް ސެންޓަރަށް ކުއްޖާ ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް ފެންފުށި ހެލްތް ސެންޓަރުން ޑޮކްޓަރާއި ހަވާލާދީ ފުުލުހުންނަށް މައުލޫމާތު ދީފައިވޭ".ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.