logoEN
Sto top
ފީފާ 22 އަށް އިންޑިއަން ސުޕަ ލީގު!

ފީފާ 22 އަށް އިންޑިއަން ސުޕަ ލީގު!

fifa22-ISL-620x330

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ގޭމު ފްރެންޗައިޒް، ފީފާގައި އިންޑިއަން ސުޕަ ލީގު ހިމަނަން ނިންމައިފިއެވެ. އިންޑިއަން ސުޕަ ލީގުގެ ޓީމުތައް ފެނިގެންދާނީ ފީފާ 22 އިންނެވެ.

Wamco

މިހާރު އިންޑިއަން ސުޕަ ލީގުގެ އަށްވަނަ ސީޒަން ކުޅެމުން ދާއިރު އެ ލީގުގައި ވާދަ ކުރާ 11 ޓީމު، އެ ޓީމުތަކުގެ ކިޓުތަކާ އެކު މި ގޭމުން ފެނިގެންދާނެއެވެ. ފީފާ 22 އަށް އިންޑިއާގެ ޓީމުތައް އައިސްފައި މި ވަނީ 2019 ވަނަ އަހަރު ފީފާ މޮބައިލްގައި އިންޑިއަން ސުޕަ ލީގު ހިމަނައި، އެއަށް ލިބުނު ތަރުހީބު ބޮޑުވުމުގެ ސަބަބުންނެވެ.

ފީފާ 22 ގައި އިންޑިއަން ސުޕަ ލީގު ހިމެނުމާއެކު އިންޑިއާގެ ފުޓުބޯޅަ މުޅިން އެހެން ހަރުފަތަކަށް ދާނެކަމަށް ބެލެވެއެވެ. އަދި މިއީ އިންޑިއަން ސުޕަ ލިގު މުޅި ދުނިޔެއަށް ޕްރޮމޯޓުވެގެންދާނެ ކަމެއްވެސްމެއެވެ.

17،000 އަށް ވުރެ ގިނަ ކުޅުންތެރިންނާއި، 700 އަށްވުރެ ގިނަ ޓީމާއި، 90 އަށްވުރެ ގިނަ ސްޓޭޑިއަމާއި, 30 އަށްވުރެ ގިނަ ލީގާ އެކު ގެނެސްދޭ ފީފާ 22 އަކީ އަސްލާ އެއްގޮތަށް އުފައްދާފައިވާ ފުޓުބޯޅަ ގޭމެކެވެ. އަދި މިއީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ވީޑިއޯ ގޭމުކަން ފާހަގަ ކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside