![ރަޝިޔާ ވެކްސިނުގެ އަގު 20 ޑޮލަރަށް](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2F2020_08_10_102046_1597044888._large.jpg&w=3840&q=75)
2020_08_10_102046_1597044888._large
ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން، "ސްޕޮޓްނިކް ވީ" ގެ އަގު 20 ޑޮލަރަށް ވުރެ ހެޔޮވާނެ ކަމަށާއި ސްޕޮޓްނިކް ވީ އަންނަ ޖެނުއަރީގައި ދުނިޔޭގެ ބާޒާރަށް ނެރެ ވިއްކަން ފަށާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ރަޝިޔާއިން އުފެއްދި މި ވެކްސިން ބާޒާރަށް ނެރޭއިރު އެމެރިކާގެ ފައިޒާ އާއި ބަޔޯންޓެކްގެ އިތުބާރު ބޮޑު ވެކްސިން އަންނަ ޑިސެމްބަރު މަހުގައި އެމެރިކާގެ މީހުންނަށް ދޭން ފަށާނެ އެވެ.
ސްޕޮޓްނިކް ވީގެ ދެ ޑޯޒު އަގު 20 އެމެރިކާ ޑޮލަރަށްވުރެ ހެޔޮވާނެ ކަމަށް ބުނާއިރު ބައެއް ރިޕޯޓްތައް ބުނަނީ ޑޯޒެއްގެ އަގަކަށް ވާނީ 10 ޑޮލަރު ކަމަށެވެ.
ސެޕްޓެމްބަރު މަހު ރަޝިއާ އިން ސްޕޮޓްނިކް ވީ ނެރުނީ ފަހު މަރުހަލާ ފުރިހަމަ ނުކޮށެވެ. ނަމަވެސް މިހާރު ވަނީ އެ މަރުހަލާ ވެސް ނިންމާފަ އެވެ. ރަޝިއާގެ ވެކްސިން ދިން މީހުން 100 ޕަސެންޓް ކާމިޔާބު ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.