![ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕޯސްޓަކީ ދޮގެއް - މޯޯލްޑިވިއަން](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FScreenshot-2020-11-25-at-02.13.36.png&w=3840&q=75)
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕޯސްޓަކީ ދޮގެއް - މޯޯލްޑިވިއަން
Screenshot 2020-11-25 at 02.13.36
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތައް ކެންސަލްކޮށްފި ކަމަށްބުނެ މީސް މީޑިޔާގައި ދަރުރުވަމުންދާ ޕޯސްޓަކީ ސައްހަނޫން ޕޯސްޓެއް ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މޯލްޑިވިއަންގެ ފްލައިޓްތައް ކެންސަލްވި ކަމަށް ބުނެ މީސް މީޑިއާގައި މިހާރު ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މަޢުލޫމާތެއް ނޫން ކަން ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވާކަމަށާއި ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ މޯލްޑިވިއަން އިން އެކަން އަންގަމުންދާނެ ކަމަށެވެ.
އެއާޕޯޓް ކާގޯގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ކެންސަލްކޮށް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ބުނެ މީސް މީޑިޔާގައި ސައްހަނޫން ޕޯސްޓެއް ދަނީ ދައުރުވުމުންނެވެެ. މި ޕޯސްޓުތަށް ފެތުރެން ފެށީ އެއާޕޯޓްގެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވަނިކޮށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ ދާދިފަހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް އެއާލައިނެއްގެ ދަތުރުތަކަށް ބުރޫއެރިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.