
Kaashidhoo
ކ. ކާށީދޫގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިފި އެވެ.

މައުލޫމާތު ލިބޭގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލައިފައިވަނީ ކ. ކާށިދޫ، އަލުންތިލަ، އުމުރުން 32 އަހަރުގެ އަލީ ހުސައިން އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ ފިލައިފައިވާކަން ފުލުހުންނަށް އެނގިފައިވަނީ ރޭ 11:32 ގައެވެ.
މިމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މިމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ނަންމަބަރު 9791519 އަށް ގުޅުއްވައި ހިއްސާ ކުރެެއްވުމަށް ފުލުހުން އެދިލައްވައެވެ.