![ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2F846A8AFE-BEC7-4BD6-8EC8-707155E49185.jpeg&w=3840&q=75)
846A8AFE-BEC7-4BD6-8EC8-707155E49185
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ބެއްލެވުމުގެ ދަށުން ހިންގަން ހަމަޖެހިފައިވާ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުނީ ޤާނޫނު ނަމްބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު)ގެ ދަށުންނެވެ. މިޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ، 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން ގެޒެޓްކުރެއްވި ޤާނޫނެކެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި, އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫންކަމަށާއި, މިއީ ވަރަށް ބޮޑު ޒިންމާއެއް, މަސްއޫލިއްޔަތެއް އަދި އަމާނާތެއްކަމަށެވެ. ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން މެނުވީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާ އަލިވެގެން ނުދާނެކަމަށެވެ.
ޤާނޫނާ ހިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި ގައި މަސައްކަތްކުރައްވާނީ ކުޑަކުދިންގެ މައްސަލަތަކަށް ޚާއްޞަކޮށްފައިވާ އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ.