logoEN
Sto top
އަނބިމީހާއަށް އަނިޔާކުރިކަން ސާބިތުވެ, 21,600 ރުފިޔާގެ ޖޫރިމަނާއެއް!

އަނބިމީހާއަށް އަނިޔާކުރިކަން ސާބިތުވެ, 21,600 ރުފިޔާގެ ޖޫރިމަނާއެއް!

criminal-court-2

އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހަކު 21،600 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Wamco

މިމައްސަލަ ސާބިތުވެފައިވަނީ ރ. އަތޮޅު މީހެއްގެ މައްޗަށެވެ. އެއީ ޖުލައި 2011 އިން އޭޕްރީލް 2012 އާ ދެމެދުގައި އޭނާއާއި އަނބިމީހާގެ ދެމެދު ހިނގި އެކި ދެބަސްވުންތަކުގައި އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށެވެ.

ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަނީ މިކަން ސާބިތު ކުރުމަށްޓަކައި ބައެއް މީހުންގެ ހެކި ބަސް ހުށަހަޅައިފައެވެ. ޝަރީއަތަށް ހެކި ބަސް ނަގާފައިވާއިރު ފިރިހެން މީހާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ދިފާއުގައި ހުށަހަޅަން ހެކި ކުރި ކަމަށް ވެސް ފުރަތަމަ ބުންޏެވެ. އެކަމަކު އޭނާއަށް ދިން މުއްދަތުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މި ކަންކަމަށް ރިއާޔަތްކޮށް ފިރިހެން މީހާގެ މައްޗަށް އުފުލި މާރާމާރީގެ ދައުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް މިހާރު ވަނީ އެ ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ކުށުގެ އުގޫބާތެއްގެ ގޮތުން 21،600 ރުފިޔާ އިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި އެ ފިރިހެން މީހާގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

އެ އަންހެން މީހާގެ ގައިގައި ތަޅައި، އިސްތަށިގަނޑުގައި ހިފައި، ކޮއްޕައި، ފައިން ޖެހުމުގެ އިތުރުން ބަނޑުމައްޗަށް އަރައި ކަރުގައި ހިފާފައިވާ ކަަމަށް ޝަރީއަތުގައި އެ އަންހެން މީހާ ބުނެފައިވެއެވެ. އެ އަނިޔާތަކުގެ ސަބަބުން އައިޖީއެމްއެޗް އިން އެތައް ފަހަރަކު ފަރުވާ ހޯދާފައިވާނެ ކަމަށް ވެސް ޝަރީއަތުގައި އެ އަންހެން މީހާ ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside