![ތިނަދޫ ކޮވިޑް ފެސިލިޓީގައި ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ 02 އެނދު އެބަހުރި - ޑރ އާޒިމް](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F05%2FDSC_1402-3.jpg&w=3840&q=75)
ތިނަދޫ ކޮވިޑް ފެސިލިޓީގައި ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ 02 އެނދު އެބަހުރި - ޑރ އާޒިމް
DSC_1402-3
ތިނަދޫ ކޮވިޑް ފެސިލީޓައި މިވަގުތު ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ 2 އެނދު ގާއިމްކުރެވިފައިވާ ކަމަށް ތިނަދޫ ކޮވިޑް ފެސިލިޓީގެ މޭނަޖަރު ޑރ. އާޒިމް އަބްދުއް ޝުކޫރު ވިދާޅުވެއްޖެ އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ތިނަދޫގެ ކޮވިޑް ހާލަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ތިނަދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ އާޒިމް ވިދާޅުވިގޮތުގައި މިވަގުތު ވެންޓިލޭޓަރުގައި ފަރުވާދެވޭނެ 2 އެނދު ހުރި ނަމަވެސް އިތުރަށް ބޭނުންވެއްޖެ ހާލަތެއްގައި 4 އެނދުގައި ފަރުވާދެނޭ އިންތިޒާމް ހަމަޖެއްސޭނެ ކަމަށެވެ.
ޑރ އާޒިމް އިތުރަށް ވިދާޅުވީ ކޮވިޑް ފެސިލިޓީގައި ޖުމްލަ 8 އެނދުގައި ކޮވިޑަށް ފައްސިވާ ބަލިމީހުންނަށް ފަރުވާދިނުމަށް މިހާރު އެއްވެސް ދަތިކަމެއް ނުހުންނާނެ ކަމަށާއި ފައްސިވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތަކާއެކު ކޮވިޑް ފެސިލިޓީ މިހާރު ތައްޔާރުކުރެވިފައިވާ ކަމަށެވެ.
ތިނަދޫ ކޮވިޑް ފެސިލިޓީގެ ކެޕޭސިޓީ އަކީ 23 އެނދެވެ.
ތިނަދޫގެ ކޮވިޑް ހާލަތާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވަގުތު ތިނަދޫއިން ފައްސިވެފައިވާ އެއްވެސް ފަރާތެއްގެ ހާލު ސީރިއަސް ނޫންކަމާއި އަދި މިވަގުތު ކޮވިޑް ފެސިލިޓީގައި އެއްވެސް ފަރާތަކަށް ފަރުވާ ދެމުން ނުދާކަމަށެވެ.
ތިނަދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭގޮތުގައި މިވަގުތު ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 29 އެވެ.