logoEN
Sto top
5955 ދަރިވަރުންނާއެކު ސާނަވީ އިމްތިހާނު މިއަދު ފަށައިފި

5955 ދަރިވަރުންނާއެކު ސާނަވީ އިމްތިހާނު މިއަދު ފަށައިފި

exam

5955 ދަރިވަރުންނާއެކު ސާނަވީ އިމްތިޙާނު މިއަދު ފަށައިފިއެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖުމްލަ 235 ސެންޓަރެއްގައި ސާނަވީ އިމްތިޙާނު ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިހާނު ސެންޓަރުތައް ފުރިހަމައަށް އިމްތިހާނުތަކަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވެފައިވާ ދަރިވަރުންނާއި ކަރަންޓީނުކޮށްފައިވާ ދަރިވަރުންގެ ތެރެއިން އިމްތިޙާނު ހެދޭ ޙާލަތުގައި ތިބި ދަރިވަރުންނަށް އިމްތިޙާނު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ރަށްރަށުގެ ސިއްޙީ އިދާރާތަކުގެ އިތުރުން، ރަށްރަށުގެ ޓާސްކްފޯސްތަކާ ގުޅިގެން މިހާރު ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަންކަން އިންތިޒާމުކުރުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި އެޗް.ޕީ.އޭ ގެ އިރުޝާދުގެ ދަށުން ސްކޫލްތަކުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް ސްކޫލްތަކުގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުން އަދި ބެލެނިވެރިންނަށް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުކުރުދަންނަވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside