
big-wiprybbo4wkkcjowwq0fp6qjq-876x583
އެމްއެންޑީއެފްގެ އޮފިސަރަކު އޮޓޯމެޓިކް ސެނިޓައިޒަރ މެޝިނެއް އުފައްދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި މެޝިނު އުފައްދާފައިވަނީ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޝަރީފްކަމަށެވެ. ފުރަބަންދުގެ ތެރޭގައި ލިބުނު ޗުއްޓީގައި ޝަރީފް އުފެއްދި މި މެޝިން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް މިއަދު ހަދިޔާ ކުރައްވާފައެވެ.
ޝަރީފަކީ ސެނަހިޔާ ހޮސްޕިޓަލުގެ މެއިންޓެނަންސް އިންޗާޖެއްގެ އިތުރުން ޑެންޓަލް ޑިޕާޓްމަންޓުވެސް ބެލެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރައްވަމުން އަންނަ އޮފިސަރެކެވެ.
1.5 ލީޓަރުގެ ސެނެޓައިޒާ އެޅޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތްތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ވެސް ބެހެެއްޓުމަށް ވަނީ ނިންމާފައެވެ. މިމެޝިނަކީ އަތް ދިއްކޮށްލުމުން، އެމީހަކު ބޭނުން ވާ ވަރަށް ސެނިޓައިޒާ އަތަށް އެޅޭ ގޮތަށް ހަދާފައިވާ މެޝިނެކެވެ.