
ޓޯކިޔޯ އޮލިމްޕިކްސް: ސައުތް ކޮރެއާގެ އެތްލީޓުންނަށް ވެކްސިން ދޭން ފަށައިފި
476a7d419e932a7fec72b3aa03d7b9ef
ޓޯކިޔޯ އޮލިމްޕިކްސް ގައި ވާދަކުރާ ސައުތް ކޮރެއާއިން އެގައުމުގެ އެތްލީޓުންނަށް ވެކްސިން ދޭން ފަށައިފިއެވެ.

އަލްޖަޒީރާ ނޫޙުން ރިޕޯޓޮކޮށްފައިވާ ގޮތުގައި ޖަޕާނަށް ދަތުރުކުރާ އެގައުމުގެ 100 އެއްހާ އެތްލީޓުންނާއި ކޯޗުންވަނީ ކޮވިޑް 19 އިން ސަލާމަށް ވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެގޮތުން އަދި އެގައުމުގެ 500 އެއްހާ އެތްލީޓުން ކޮވިޑް ވެކްސިން މި ފެށޭ މެއި ގެ ފުރަތަމަ ހަފްތާތެރޭގައި ޖަހާނެ ކަމަށް ކޮރެއަން ސްޕޯޓްސް އެންޑް އޮލިމްޕިކް ކޮމިޓީ އިން ވަނީ ބުނެފައެވެ.
ސައުތުކޮރެއާގެ 52 މިލިއަން ރައްޔިތުންގެ ތެރެއިން މިހާރުވެސް 2.7 މިލިއަން މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުވެސް ސައުތުކޮރެއާއިން 680 ކޮވިޑްކޭސް ފެނި، ޖުމްލަ އަދަދު ވަނީ 121,351 އައް އަރާފައެވެ.
ޓޯކިޔޯގައި މިހާރުވެސް ވަނިީ އޭޕްރީލް 25 އިން މެއި 11 އަށް ސްޓޭޓް އޮފް އިމަޖަންސީ އިއުލާނުކޮށްފައެވެ.