logoEN
PNC TOP 3
އެއާ ސީޝެލްސް އިން ރާއްޖެއަށް ދަތުރު ފަށަނީ

އެއާ ސީޝެލްސް އިން ރާއްޖެއަށް ދަތުރު ފަށަނީ

އަހުމަދު ޝުރާއު

logo

4/30/2021, 10:30:05 AM

xx

ސީޝެލްސްގެ ގައުމީ އެއާލައިން އެއާ ސީޝެލްސް އިން ރާއްޖެ އަށް ދަތުރުތައް އަލުން ފެށުމަށް ނިންމައިފި އެވެ.

PNC MID 2

މީގެ ކުރިން އެއާ ސީޝެލްސް އިން ވަނީ ސީޝެލްސް އާއި ސައުތު އެފްރިކާގެ ޖޮހަނަސްބާގް އާ ރާއްޖެ ގުޅުވާލައިފައެވެ. މިފަހަރުވެސް ޖޮހަނަސްބާގް އާއި ރާއްޖެ ގުޅުވާލާ ދަތުރުތައް ފަށަން ނިންމާފައިވާއިރު ޖޫން މަހުން ފެށިގެން އޮކްޓޯބަރާއި ހަމައަށް އަދި ޑިސެމްބަރު، ޖެނުއަރީގައި ވެސް ރާއްޖެ އަށް ކުރާ ދަތުރުތައް ބާއްވަން ވަނީ ނިންމަައިފަ އެވެ.

ސައުތު އެފްރިކާގެ ޓްރެވަލް ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖޮހަނަސްބާގް އާއި މާލެ އާއި ދެމެދު ކުރާ މި ދަތުރުތަކުގައި ފްލައިޓް ސީޝެލްސްގައި ޓްރާންސިޓް ކުރާއިރު ދަތުރުގެ ދިގުމިނަކީ ނުވަ ގަޑިއިރެވެ.

ޖޫން-އޮކްޓޯބަރުގެ ދަތުރުތަކަކީ ލޯ ސީޒަނާ ދިމާކޮށް ޗުއްޓީ ހޭދަކޮށްލަން ބޭނުން މީހުންނަށް އަމާޒުކޮށްގެން ބާއްވާ ދަތުރު ތަކެކެވެ. މިދިޔަ އަހަރުގެ ފިނިމޫސުމާ އާ އަހަރާ ދިމާކޮށް ބޭއްވި ދަތުރުތަކަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC