logoEN
Sto top
ފޭސްބުކްއަށް ސްޕޮޓިފައި މިނީޕްލޭޔާރ!

ފޭސްބުކްއަށް ސްޕޮޓިފައި މިނީޕްލޭޔާރ!

އަހުމަދު ޝުރާއު

logo

4/27/2021, 9:48:19 AM

Ez58_fQWYAgEeJU

އަަހަރެމެންގެ އެންމެންގެ ދިރިއުޅުމާއި ގުޅިފައިވާ އެކައްޗަކީ ފޭސްބުކް އެވެ. އެގޮތުން ފޭސްބުކްއިން އަބަދުވެސް އަންނަނީ ގިނަ ފީޗާ ތަކެއް ފޭސްބުކް އެޕަށް ތައާރަފްކުރަމުންނެވެ. އެގޮތުން މިފަހަރު ފޭސްބުކްއިން މިވަނީ މަޝްހޫރު ލަވަ ސްޓްރީމިންގެ އެޕް ސްޕޮޓިފައިއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށް ފޭސްބުކްއަށް ސްޕޮޓިފައި މިނީޕްލެޔާރ ތައާރަފްކޮށްފައި އެވެ.

Wamco

ސްޕޮޓިފައި މިނީޕްލެޔާރ އާއި އެކު ފޭސްބުކް އެޕްގެ ތެރެއިން މިހާރު ސްޕޮޓިފައި އަޑުއަހާލެވޭނެ އެވެ. އެގޮތުން ސްޕޮޓިފައި އާއި ލިންކު ކޮށްފައި ހުންނަ ފޭސްބުކް ކޮންޓެންޓުތަށް އަޑުއަހާލަން ދެން ވަކިން ސްޕޮޓިފައި އަށް ވަންނާކަށް ނުޖެހޭނެއެވެ. އަދި ސްޕޮޓިފައި އިން އަޑުަހަމުން ދާއިރު ފޭސްބުކް ސްކްރޯލް ކޮށްލެވޭނެ ގޮތަށް ބެކްގްރައުންޑް ޕްލޭޔާރ ފީޗާވެސް ވަނީ ތައާރަފްކޮށްފައި އެވެ. އެއާއި އެކު ސްޕޮޓިފައިގެ މިނީޕްލޭޔާރ ބާ ފޭސްބުކްގެ ނިއުސްފޯޑްގެ ތިރީގައި ބާއެއްގެ ގޮތުގައި ނިއުސްފީޑްއިން ފެންނާނެ އެވެ.

މިގޮތުން ސްޕޮޓިފައިގެ ފްރީ ޔޫސާތަކަށްވެސް މި ފީޗާ ބޭނުންކުރެވޭނެ އެވެ. މަވަގުތު މި ފީޗާ ވަނީ 27 ގައުމަކަށް ދޫކޮށްފައި އެވެ. އަދި އިތުރު މާކެޓްތަކަށް ކުރިޔަށް އޮތް ދުވަސްތަކުގައި މި ފީޗާ ދޫކޮށްލެވޭނެ ކަމަށްވެސް ފޭސްބުކްއިން ވަނީ ބުނެފައި އެވެ.

ފޭސްބުކްއިން މައުލޫމާތު ދޭގޮތުގައި މި ފީޗާ އެންޑްރޮއިޑް އަދި އައިއޯއެސްއަށް ވެސް ސަޕޯޓްކުރާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside