
l_161805108851tWru-800x468
މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާ އެއްވަރު ވެގެން ހަ ދާއިރާއެއްގެ އިންތިހާބު, އަންނަ މޭ މަހު 1 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން މައުލޫމާތު ދޭގޮތުގައި ހަ ދާއިރާއެއްގެ އިންތިހާބު އަލުން ބާއްވާއިރު، އޭގެ ތެރެއިން ދެ ދާއިރާއެއްގެ އިންތިހާބު އަލުން ބާއްވަނީ ޝަކުވާތަކާ ގުޅިގެން ކަމަށާއި، އަނެއް ހަތަރު ދާއިރާގެ އިންތިހާބު ބާއްވަނީ ނަތީޖާ އެއްވަރު ވެގެން ކަމަށެވެ. އެގޮތުން، ހަ ދާއިރާއެއްގެ ޖުމްލަ ހަތް މަގާމަކަށް މީހުން ހޮވުމަށް އަލުން އިންތިހާބު ބާއްވާނެ ކަމަށްވެސް އީސީއިން މައުލޫމާތު ދެއެވެ.
އިންތިހާބު އަލުން ބާއްވާ ދާއިރާތައް:
ހއ. ތަކަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑި (އޭ11-2)
ބ. ކިހާދޫ ކައުންސިލް މެންބަރުގެ ގޮނޑި (އެފް4-3)
މ. ރަތްމަންދޫ ކައުުންސިލް ރައީސްގެ ގޮނޑި (ކޭ1-1)
ފ. ދަރަނބޫދޫ އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑި (އެލް 4-2)
ލ. މާވަށް ކައުންސިލް ރައީސްގެ ގޮނޑި (އޯ6-1)
ލ. މާވަށް ކައުންސިލް މެންބަރުގެ ގޮނޑި (އޯ6-3)
ތ. ގާދިއްފުށި އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑި (އެން9-2) ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގަކީ 2 ވޯޓު
މި ދާއިރާތަކުގެ ތެރެއިން ހުށަހަޅާފައި ވާ ޝަކުވާތަކާ ގުޅިގެން އިންތިހާބު އަލުން ބާއްވަން ނިންމާފައި ވަނީ ލ. މާވަށާއި ތ. ގާދިއްފުށީގައެވެ. ދެން ތިބި 4 ދާއިރާގެ އިންތިހާބު ބާއްވަނީ ނަތީޖާ އެއްވަރުވުމުންނެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް 6 ދާއިރާއެއްގެ ވޯޓުލުން އަލުން ބާއްވަން ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ:
ހއ. އުލިގަމް (އޭ2)
ނ. މަގޫދޫ (ޑީ9)
ރ. މާކުރަތު (އީ8)
ބ. ކެންދޫ (އެފް3)
ވ. ފުލިދޫ (ޖޭ1)
ލ. ކަލައިދޫ (އޯ12) މިއެވެ.
މީގެ އިތުރުން ވެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ މަދުން ކެންޑިޑޭޓުން ކުރިތިލުމުގެ ސަބަބުން ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ، އެ ދާއިރާތަކުގެ އިންތިހާބު އަލުން ބާއްވާން ވެސް އީސީން ނިންމިއެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ހދ. ނޮޅިވަރަން، ހދ. ނޭކުރެންދޫ، ބ. ފުޅަދޫ، ކ. ދިއްފުށި، އއ. ފެރިދޫ، ވ. ރަކީދޫ އަދި މ. ރަތްމަންދޫ އެވެ.