logoEN
ޕީއެންސީ 2
ދުނިޔޭގެ ފިރިހެނުންގެ ދުވަސް: ދުޅަހެޔޮ ސިއްޙަތުގެ މުހިއްމުކަން

ދުނިޔޭގެ ފިރިހެނުންގެ ދުވަސް: ދުޅަހެޔޮ ސިއްޙަތުގެ މުހިއްމުކަން

2912C345-FACB-4328-A599-9677FF9C8605

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ދުނިޔޭގެ ފިރިހެނުންގެ ދުވަހެވެ. 2017 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސް އިން ހާމަކުރިގޮތުގައި ދުނިޔޭގެ އާބާދީގެ 50.4 އިންސައްތައިގައި ފިިރިހެނުންގެ އާބާދީ ހުރިއިރު، މިދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފިރިހެނުން ކުރާ މަސައްކަތްތަށް އަގުވަޒަންކުރުމާއެކު، ކޮންމެ ގައުމެއްގެ މުޖްތަމައުގައި ފިރިހެނުން އަދާކުރާ ޒިންމާތަކާއި އުފުލާ މަސްއޫލިއްޔަތުތަކަށް ސާބަސްދީ ކުރިއެރުވުމެވެ.

ޝަރީ 2024

ދުނިޔޭގައި އެންމެފުރަތަމަ ފިރިހެނުންގެ ދުވަސް ފާހަގަ ކުރަން ފެށުނީ 1999 ވަނަ އަހަރު ޑރ. ޖެރޯމް ޓަކަލްސިންހްގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭގެ ފަހުން ކޮންމެއަހަރެއްގެ ވެސް ނޮވެމްބަރުމަހުގެ 19 ވަނަދުވަސް ދުނިޔޭގެ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ފާހަނގަކުރަމުންދާއިރު، މިއަހަރުގެ ފިރިހެނުންގެ ދުވަހުގެ ޝިއާރަކީ "ފިރިހެނުންގެ ދުޅަހެޔޮ ސިއްޙަތުގެ މުހިއްމުކަން" މިއެވެ.

މިގޮތުން ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަށް ދުންފަތުގެ އިސްތިއުމާލްކުރުންވެފައިވާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ( ޑަބްލިޔު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ ގާތްގަޑަކަށް އެއްބިލިއަން ފިރިހެނުން ދުންފަތުގެ އިސްތިއުމާލު ކޮންމެވެސް ގޮތަކަށްކުރެއެވެ. އަދި ހަމައެހެންމެ ދުނިޔޭގެ އާބާދީގެ 35 އިންސައްތައިގެ ދުންފަތުގެ އިސްތިއުމާލު ކުރާ ފިރިހެނުންނަކީ ތަރައްގީވެފައިވާ ގައުމުތަކުގެ މީހުންނަށް ވާއިރު، ދުނިޔޭގެ އާބާދީގެ 50 އިންސައްތަައިގެ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މީހުންނެވެ.

މެންޓަލް ހެލްތް ފޯރަމްއިން ހާމަކުރާ ގޮތުގައި 2017 ވަނައަހަރު އެކަނިވެސް ދުނިޔޭގައި އަމިއްލައަށް މަރުވި ކޮންމެ ހަތަރު މީހެއްގެ ތެރެއިން ތިން މީހަކީ ފިރިހެނުންނެވެ. އަދި ހަމައެހެންމެ،35 އަހަރުން ދަށުގެ ފިރިހެނުންގެ މަރުވުމުގެ އެންމެބޮޑު ސަބަބަކީ އަމިއްލައަށް މަރުވުން ކަމަށެވެ. އަދި ހަމައެހެންމެ ހެލްތް އެންޑް ސޯޝަލް ކެއަރ އިންފޮރމޭޝަންގައި ހާމަކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ އަންހެނުންނަށް ވުރެ ގިނަ ފިރިހެނުންނަކީ މަސްތުވާތަކެއްޗާއި އަދި ރަލުގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. އެއީ އަންހެނުންގެ 3.3 އިންސައްތައާއި، ފިރިހެނުންގެ 8.7 އިންސައްތައެވެ. އަދި ހަމައެހެންމެ، ހައުސްއޮފް ކޮމޮން ލައިބްރެރީއިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ޖަލުތަކުގެ އާބާދީގެ 95 އިންސައްތައަކީ ފިިރިހެނުންނެވެ.

މިހުރިހާކަމެއް މިހެންހުރިކަމުގައި ވިޔަސް، ދުނިޔޭގެ އާބާދީގެ ރަނގަޅުގިނަ ކަންކަމުގައިވެސް އެންމެ އިސް ޒިންމާއެއް އަދާކުރާ އެއްބަޔަކީ ފިރިހެނުންނެވެ. އެގޮތުން، އޮފީސްފޯރ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ހާމަކުރާގޮތުގައި އުމުރުން 16 އަހަރާއި 64 ދެމެދުގެ 84 އިންސައްތައިގެ ފިރިހެނުންނަކީ އިގްތިސާދީގޮތުން ކޮންމެވެސް މަަސައްކަތުގައި ޝާމިލްވެގެން އުޅޭބައެކެވެ. އާއިލީ ދިިރިއުޅުމުގައިވެސް އަދި ޕޮލިސީތަށް ކަނޑައެޅުމުގައިވެސް އެންމެ ބޮޑު އެއްޒިންމާ އޮތް ބަޔަކަށް ފިރިހެނުންވީހިނދު، ފިރިހެނުންނަށް ހާއްސަ ކޮށް މިފަދަ ދުވަހެއް ފާހަގަކުރުމަކީ އެމީހުންނަށް ލިބޭނެ އުފަލެއްކަން ގައިމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ