logoEN
Sto top
ޗާޑުގެ ރައީސް އަވަހާރަކޮށްލައިފި

ޗާޑުގެ ރައީސް އަވަހާރަކޮށްލައިފި

އަހުމަދު ޝުރާއު

logo

4/21/2021, 10:18:46 AM

_118123705_deby

ޗާޑުގެ ރައީސް އިދުރީސް ދީބީ އަވަހާރަކޮށްލައިފި އެވެ.

Wamco

އެޤައުމުގެ އަސްކަރިއްޔާއިން ރަސްމީ ޓީވީ މެދުވެރިކޮށް އިއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް އިދްރީސް އަވަހާރަކޮށްލީ ބާޣީ ހަނގުރާމަވެރިންނާ ދެކޮޅަށް އަމަލީ ގޮތުން ނިކުމެވަޑައިގެން ސިފައިންނާއެކު ހަނގުރާމައިގެ މައިދާނުގައި އުޅުއްވަނިކޮށް ހަތިޔާރުއެޅި ގުރޫޕަކުން ދިން ހަމަލާއެއްގައި ކަމަށެވެ.

އިދުރީސް އަވަހާރަވުމާ ގުޅިގެން ޗާޑުގެ ސަރުކާރާއި ޕާލަމެންޓް ވަނީ އުވާލާފަ އެވެ. އަދި އެޤައުމުގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.

ޗާޑުގައި މިހާރު ވަނީ މިލިޓަރީ ކައުންސިލްއެއް އުފައްދައި ކުރިއަށް އޮތް 18 މަސްދުވަހަށް ގައުމު ހިންގުން ހަވާލުކޮށްފަ އެވެ. ރައީސްއަކަށް އައްޔަންކޮށްފައިވަނީ އަވަހާރަވި ރައީސް އިދުރީ ދީބީގެ ދަރިކަލުން މުހައްމަދު އިދުރީސް ދީބީ އެވެ. އޭނާ އަކީ އެޤައުމުގެ އަސްކަރިއްޔާގެ ހަތަރު ތަރިއެރި ޖެނެރަލެކެވެ.

އިދުރީސް ދީބީ 68، ޗާޑުގެ ވެރިކަމަށް 1990 ގައި ވަޑައިގަތީ ވެސް ގައުމުގައި ހިންގި ހަތިޔާރުއެޅި ހަމަނުޖެހުމެއްގަ އެވެ. އެފްރިކާ ގައުމެއްގައި އެންމެ ގިނަދުވަހު ވެރިކަންކުރެއްވި ލީޑަރަކީ ވެސް ދީބީ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside