logoEN
Sto top
ކޮންމެ ދުވަހެއް ފެށިނިމެނީ ދިވެހި ސިފައިންގެ ފަޚުރުވެރި ޤައުމީ ޚިދުމަތުގައި: ރައީސް

ކޮންމެ ދުވަހެއް ފެށިނިމެނީ ދިވެހި ސިފައިންގެ ފަޚުރުވެރި ޤައުމީ ޚިދުމަތުގައި: ރައީސް

އަޙްމަދު ޖަމީލު

logo

4/21/2021, 2:26:21 PM

img_md_202011261254361606377276.6302

ކޮންމެ ދުވަހެއްވެސް ފެށިގެން ނިމުމަކާ ހަމައަށް ދަނީ ދިވެހި ސިފައިންގެ ފަޚުރުވެރި ޤައުމީ ޚިދުމަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށް އަރިސްކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ސިފައިންގެ ފަޚުރުވެރި ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމެނީ ޤައުމުގެ ޙައްޤުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެކަމަށެވެ. އަދި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓަރ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިން އުފެދިފައިވަނީ މީލާދީން 1892 އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ދިވެހި ސިފައިންގެ ތާރީޚުން އެންމެ ފާހަގަކުރެވޭ ޚިދުމަތަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ބޭރުގެ ޢައިރު ޤާނޫނީ ހަނގުރާމަވެރި ޖަމާޢަތެއްގެ އެތައް ހަނގުރާމަވެރިންނާއި ހަތިޔާރާއެކު ދިވެހި މަދު ޚާއިނުންގެ ބަޔަކު ވެރިޔަށް މާލެއަށް އަރައި، ދިން ޙަމަލާތަކާ ގުޅިގެން އެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމައެވެ. މި ޙާދިސާގައި ދިވެހި ސިފައިން ވަނީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތާއި ޤައުމާއި ޤާނޫނީ ވެރިކަން ސަލާމަތްކުރުމުގައި ކާމިޔާބީ ހޯއްދަވާފައެވެ. އެ ޙަމަލާތަކުގައި ދިވެހި ސިފައިން ބަޔަކާއި ދިވެހި ޢާންމުގެ ބަޔަކު ޝަހީދުވެފައިވެއެވެ..

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside