
uefa-champions-league-future-money
ޔޫރަޕްގެ ފުޓްބޯޅައިގެ މައި ލީގު, ޔޫއެފާ ޗެމްޕިއަންސް ލީގަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޔޫއެފާ އިން ފާސްކޮށްފި އެވެ.

2024-2025 ގެ ސީޒަންގައި އަމަލުކުރަން ފަށާ އާ ބަދަލާ އެކު، ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން 36 އަށް އިތުރުކުރާނެ ކަމަށް ޔޫއެފާއިން ބުނެއެވެ. އެވެ.
މިއަދު ފާސްކުރި އާ އުސޫލުގައިވާ ގޮތުން 2024 ފެށިގެން ކޮންމެ ޓީމަކުން ގުރޫޕް ސްޓޭޖުގައި އެކަނި ވެސް 10 މެޗު ކުޅޭނެ އެވެ. ދެ ވަނަ ބުރަށް ދާނީ ގަދަ 16 ޓީމެވެ. ގުރޫޕް ސްޓޭޖުގައި މިހާރު ކޮންމެ ޓީމަކުން ކުޅެނީ ހަ މެޗެވެ. މިހާރު އޮތް ގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާ ދެ ޓީމުން މުޅި މުބާރާތުގައި 13 މެޗު ކުޅެންޖެހެ އެވެ.
އަންނަ ސީޒަންގައި ޔޫރަޕްގެ ތިން ވަނަ ލެވަލްގެ ކްލަބު މުބާރާތް "ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގް" ފަށާނެ އެވެ. އެ މުބާރާތް ބޮޑަށް ހާއްސަކޮށްފައި ވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ދަށް ގައުމުތަކުގެ ކްލަބުތަކަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގާ ޔޫރޮޕާ ލީގުން ފުރުސަތު ނުލިބޭ ޓީމުތަކަށް އެ މުބާރާތަށް ކޮލިފައި ވެވޭނެ އެވެ.
ޔޫއެފާއިން ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލު ގެނެސްފައި މިވަނީ އިންގްލެންޑް، ސްޕެއިން އަދި އިޓަލީގެ 12 ކްލަބެއް އިސްނަގައިގެން ޔޫރަޕިއަން ސުޕަ ލީގު އިއުލާންކޮށްފައި ވަނިކޮށެވެ. ޔޫއެފާއިން ވަނީ ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށް ވިދާޅުވެފަ އެވެ.