logoEN
Sto top
ދިއްލީ ލޮކްޑައުންއަކަށް!

ދިއްލީ ލޮކްޑައުންއަކަށް!

އަހުމަދު ޝުރާއު

logo

4/20/2021, 10:45:28 AM

c42ecc3979a2b0c33efdf00fca1422fd

ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާވަރުވުމުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ހަފުތާއަކަށް ލޮކްޑައުންކޮށްފި އެވެ.

Wamco

ހޯމަ ދުވަހުން ފެށިގެން ދިއްލީ ލޮކްޑައުންކުރި އިރު ހަމައެކަނި ޚިދުމަތް ލިބޭނީ އަސާސީ ކަންކަމަށް އެކަންޏެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފާމަސީ އަދި ގްރޯސާތައް ހިމެނެ އެވެ. ދިއްލީގައި ކާފިއު އިއުލާންކޮށްފައިވީ ނަމަވެސް ކޭސްލޯޑް ދަށްވެފައެއް ނުވެ އެވެ. އެޕްރީލް މަސް ފެށުމާ އެކު އިންޑިއާގައި ވަނީ ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ފެށިފަ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އޭނާ ލޮކްޑައުންއާއި ދެކޮޅު ކަމަށާއި ނަމަވެސް މި ފިޔަވަޅުގެ ސަބަބުން ހޮސްޕިޓަލްތަކުން އެނދުތަކުގެ ޖާގަ އިތުރު ކުރެވޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ލޮކްޑައުނަކީ އަޅަން އުނދަގޫ ފިޔަވަޅެއް ކަމަށާއި ނަމަވެސް އެނޫން ގޮތެއް މި ފަހަރު ނެތް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ލޮކްޑައުން އިއުލާންކޮށްފި ނަމަ ދުވަހު މުސާރަ އަށް މަސައްކަތް ކުރާ މީހުންގެ އާމްދަނީ ހުއްޓޭނެކަން. އެކަމަކު އެ މީހުން ވެސް ދިއްލީން ނުކުމެގެން ނުގޮސް މަޑުކުރުމަށް އެދެން،" ކެޖްރިވާލް ވިދާޅުވި އެވެ.

އެޕްރީލް 15 އިން ފެށިގެން އިންޑިއާ އިން ދުވާލަކު ޕޮޒިޓިވްވާ ރޭޓް އުޅެނީ ދެ ލައްކައިން މަތީގަ އެވެ. މިދިޔަ އަހަރު އިންޑިއާ ޕީކަށް ދިޔައިރު ވެސް ދުވާލަކު އެވްރެޖްކޮށް ޕޮޒިޓިވްވެފައި ވަނީ 93،000 މީހުންނެވެ. މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އާދިއްތަ ދުވަހު ވަނީ ކޮވިޑުގައި 1،620 މީހުން މަރުވެފަ އެވެ. އިންޑިއާ އިން އާދިއްތަ ދުވަހު ވަނީ 275،000 މީހުން ޕޮޒިޓިވްވެފަ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 15 މިލިއަން މީހުން ޕޮޒިޓިވްވެ 178,793 މީހުން މަރުވެފަ އެވެ. ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް ވަނީ 1.5 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. އެއީ ކުރީ ހަފުތާއާ އަޅާބަލާއިރު 63 ޕަސެންޓުގެ އުތުރުވުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside