
photo_2021-04-17 19.02.22
ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ވެޖްޓަބަލް ޓާރޓް އެވެ.

ބޭނުންވާނެ ތަކެތި:
225 ގްރާމް ފުށް
115 ގްރާމް ބަޓަރ
1/4 ސައިސަމުސާ ލޮނު
4 ކެޕްސިކަމް (ކަރުނަގާ ހިމުންކޮށް ކޮށާފައި)
2 ފިޔާ (ކޮށާފައި)
1 ޖޯޑު މިންސްޑް ބީފު
3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1 ޓޮމާޓޯ (ކޮށާފައި)
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ މުގުރި މިރުސް
1 ކެރެޓް (ގާނާއިފައި)
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ބަޓަރާއި, ފުށް އަދި ލޮނުކޮޅު އެއްކޮށްފައި ރަނގަޅަށް އެއްވީމައި ތާފަނާފެންފޮދެއް އެއްކޮށްގެން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ.
ދެން ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ, ކެޕްސިކަމް އަދި ކެރެޓް އެއްކޮށްފައި ފިޔާކޮޅު މޯޅިވީމައި ބީފް, ދެވައްތަރުގެ ސޯސް, ޓޮމާޓޯ, މިރުސް, ލޮނު އަދި އަސޭމިރުސް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ.
ދެން ފުށްގަނޑު ދެބައި ކޮށްލާފައި ދެބައިވެސް 1/5 އިންޗީގެ ބޯމިނަށް ދަމާލާށެވެ.
ދެން ޓްރޭގައި ބަޓަރ ހާކާލާފައި އެއްފުށްގަނޑު ފަތުރާލާފައި, މަސް ފަތުރާލާފައި އަނެއް ފުށްގަނޑު މަތީގައި ބާއްވާފައި ކައިރިފަށުން ތަތްކޮށް އަވަނުން ފިހެލާށެވެ.