
financeMinistry565
ހިނގަމުންމިދާ އޭޕްރިލް މަހުގެ ފުރަތަމަ ހަފުތާ ނިމުނު އިރު ދައުލަތަަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރާއްޖޭގެ މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގަައި އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 5,076.4 މިލިއަން ރުފިޔާ ލިބިފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 5,768.8 މިލިއަން ރުފިޔާ އެވެ.
މިއަހަރު ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 4,026 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ޓެކުހުން ލިބުނު 4,596.6 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު، 570.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
މިއަހަރުގެ މިމުއްދަތުގައި ދައުލަތަށް ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 995.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ދައުލަތަށް ލިބިފައި ވަނީ 1,066.3 މިލިއަން ރުފިޔާއެވެ.
ފިނޭންސުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މިމުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި ލިބިފައި ވަނީ 4.1 މިލިއަން ރުފިޔާއެވެ. އަދި މިއަހަރު ގްރާންޓްސްގެ ގޮތުގައި 55 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފައި އެވެ.
މިއަހަރުގެ މިހާތަނަށް ސަރުކާރުން 7,093.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 5,274.3 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 1,819.5 މިލިއަން ރުފިޔާއެވެ.
ލޯނު ރިޕޭމެންޓްގެ ގޮތުުގައި މިއަހަރުގެ މިހާތަނަށް 293.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 784.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.