logoEN
ޕީއެންސީ 2
އޭއެފްސީ ބްރެކެޓް ޗެލެންޖް- ސެމީފައިނަލްގެ ކުރިމަތިލުންތަށް ފަށައިފި!

އޭއެފްސީ ބްރެކެޓް ޗެލެންޖް- ސެމީފައިނަލްގެ ކުރިމަތިލުންތަށް ފަށައިފި!

306B3247-3108-45FC-9EDB-DBD3D09947D8

އޭޝިޔާގެ މައި ފޮޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ހޮވި ސެމީފައިނަލްގެ ކުރިމަތިލުންތަށް ފަށައިފިއެވެެ.

ޝަރީ 2024

މިފަހަރު އަޝްފާގް ވާދަކުރަންޖެހިފައިވަނީ ވިއެޓްނާމްގެ ވިއެޓްނާމްގެ ގުޔެން ގުއެންޑް ހައިއާއިއެވެ. ކުއަރޓަރަފއިނަލްގައިވެސް އަޝްްފާގް ވާދަކުރީ ވިއެޓްނާމްގެ ކުޅުންތެރިޔަކާއިއެވެ.

މިޗެލެންޖުގައި އަޝްފާގް ސެމީފައިނަލަށް ދަތުރުކުރީ ވިއެޓްނާމްގެ ގުޔެން ވެން ގުޔެޓްއާއި ވާދަކޮށް 51.45 ގެ އިންސައްތައިގެ ވޯޓުންނެވެ. މިޗެލެންޖުގައި ހޮވިފައިވާ އަޝްފާގްގެ ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ. މިގޯލަކީ އިދިކޮޅު ޓީމުގެ މުޅި ޑިފެންސް ފޫއެޅުވުމަށްފަހު އަޝްފާގްޖެހި ރީތިގޯލެކެވެ.

ކުއަރޓަރ ފައިނަލްއިން އަޝްފާގް ކުރިހޯދިއިރު، އަޝްފާގްއަށް ވޯޓު ހޯދައިދިނުމަށް އެތަކެއް ދިވެހިންވަނީ ގަދައަޅައި މަސައްކަަތްކޮށްފައެވެ. އެގޮތުން މުޅި ދުނިޔެއަށް ދިވެހީންގެ އެއްބައިވަންތަކައި ހާމަކޮށް، ދިވެހީންވަނީ އެކުވެރިކަމުގެ މިސާލު މުޅި ދުނިޔެއަށް ހާމަކޮށްފައެވެ. މުޅި މީސްމީޑީޔާ އަދި ނިއުސްޕްލެޓްފޯރމްތަކުގައި އަޝްފާގްއަށް ވޯޓުހޯދުމަށް ބޮޑެތި ކެމްޕެއިންތަށް ހިންގާ މުޅި ގައުމު އެކައްޗެއްގެ ގޮތުގައު ގައުމީ ބަތަލާއި އެކު ތެދުވިއެވެ.

މިފަހަރުވެސް އެގޮަތަށްތެދުވަމާ ހިންގަވާށެވެ. ގައުމީ ބަތަލަށް ވޯޓުދެއްވަމާހިންގަވާށެވެ. އިންޝާ ﷲ މިފަހަރަކީވެސް އަޝްފާގްގެ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ