![ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ވާޗުއަލް ރަންއެއް ބާއްވަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FE4C4B623-8EF4-4BB4-9FAB-A2D919A897D8.jpeg&w=3840&q=75)
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ވާޗުއަލް ރަންއެއް ބާއްވަނީ
E4C4B623-8EF4-4BB4-9FAB-A2D919A897D8
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ވާޗުއަލް ދުވުމެއް ބާއްވަން ނިންމައިފި އެވެެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ރަން ފޯޯ މޯލްޑިވްސް އިން އިންތިޒާމުކޮށްގެެން ބާއްވާ މި ދުވުމަކީ ޔުނިސެފް މޯލްޑިވްސްއާއި ފުލުހުންގެ މުވައްސަސާ ގުޅިގެން ބާއްވާ ދުވުމެކެވެެ. މި ދުވުން ބާއްވަން ހަމަޖެެހިފައިވަނީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ކަމުގައިވާ 20 ނޮވެމްބަރު 2020 ވަނަ ދުވަހުގައެވެ.
މި ދުވުމުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންލައިންކޮށް މިހާރު ވަނީ ހުޅުވާލާފައެވެެ. އެގޮތުން ރަޖިސްޓްރީ ވުމަށްޓަކާ ރަން ފޯ މޯލްޑިވްސް ވެެބްސައިޓުގައި ހާއްސަ ފޯމެއް ވަނީ ތައްޔާރު ކުރެވިފައެެވެ. ރަޖިސްޓްރީ ވުމުގެ ފުރުސަތު ހަމަވާނި ނޮޮވެމްބަރު 20 ވަނަ ދުވަހުގެ ހަވީރު 16:00 އަށެވެ.
ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެއް ކިލޯމިޓަރާއި 100 ކިލޯޯމީޓަރަށް ދުވުމުގެ ފުރުސަތު އޮންނާނެއެވެ. މި ދުވުން ފުރިހަމަ ކުރަން ޖެހޭނެ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 25 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އެވެ.
ދުވުން ފުރިހަމަ ކުރާ ފަރާތްތަކަށް މެޑެލް ދިނުމަށްވެެސް ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް ވާޗުއަލް ދުވުމަކަށް ވާތީ ދުވުން ފުރިހަމަ ކުރާ ފަރާތްތަކަށް މެޑަލް ފޮނުވަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފަށައިގެންނެވެ. މި ދުވުމަށް ހާއްސަ މެޑަލާއި ޓީޝާޓު ވިއްކުމަށް ހަމަޖެހިފައިވާއިރު ވިއްކައިގެެން ލިބޭ އާމްދަނީ ހަދިޔާ ކުރަން ހަމަޖެހިފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކަށެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ވާޗުއަލް ދުވުމުގައި ރަޖިސްޓްރީ ވުމަށް ތިރީގައި ވާ ލިންކަށް ވަދަވަޑައިގަންނަވާ! https://runformaldives.com/runs/childrens-day-run