logoEN
Sto top
އެނގޭތަ: ޖީންސުގައި ކުޑަ ޖީބެއް އިންނަ ސަބަބު

އެނގޭތަ: ޖީންސުގައި ކުޑަ ޖީބެއް އިންނަ ސަބަބު

photo_2017-12-31_12-02-47

ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔައީ ފަޓުލޫނު ކަމުގައި ވިޔަސް މިއަދުގެ ޒުވާނުން ލާ ހިތް ވަނީ ޖިންސެވެ. އެއީ މިއަދުގެ ފެޝަނެވެ. އާންމުކޮށް ކޮންމެ ދުވަހަކު ޖިންސު ލައިގެން އުޅޭއިރު ޖިންސުގައި އިންނަ ކުޑަ ޖީބަކީ ކީއްކުރަން އިންނަ އެއްޗެއްތޯ އެއް ފަހަރު ނަމަވެސް ސުވާލު އުފެދުނުހެއްޔެވެ؟

Wamco

އެ ޖީބަކީ އެއްވެސް ބޭނުމެއް ނުފުއްދޭ އެއްޗެކޭވެސް ހިތައް އަރާފައި އޮވެދާނެއެވެ. އެގޮތުން ގެންގުޅޭ ތަޅުދަނޑިފަތިވެސް މި ޖީބަށް ލެވެނީކީއެއް ނޫނެވެ. ތަޅުދަނޑިފަތި ނުލެވުނު ނަމަވެސް އެޖީބުގެ ބޭނުން އެކި ގޮތް ގޮތައް ދިވެހިންވެސް ހިފައެވެ. ސުޕާރި ޕެކެޓެއް ނުވަތަ ވަކިލާރިއެއް އަޅާލާނެއެވެ. އެހެންނަމަވެސް އެ ކުޑަ ކުޑަ ޖީބަކީ ސުޕާރި އަޅަން ހާއްސަކުރެވުނު ޖީބެއް ނޫނެވެ.

އެޖީބަކީ 1800 ގެ އަހަރުތަކުގައި ޖީންސް އުފެއްދިގެން އައި އިރު އޭގެ ބޭނުން އިންތިހާއަށް ބޮޑު، ކުޑަ ކުޑަ ޖީބެކެވެ. މިއަދު މި ޖީބުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފިދާނެއެވެ. އެޖީބުގެ އަސްލު ނަމަކީ "ވޮޗް ޕޮކެޓް" އެވެ. ޖިންސު އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ލެވީސް" އިން ބުނާ ގޮތުގައި ނަމަ އެ ޖީބަކީ ގަޑި ލުމަށް ހާއްސަކޮށް އުފައްދާފައިވާ ޖީބެކެވެ.

undefined

މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ޖިންސަކީ، 1800ގެ އަހަރުތަކުގައި މަސަައްކަތު ދިއުމަށް މީހުން ބޭނުން ކުރި އަންނައުނެކެވެ.އެ ދުވަސްވަރު އެންމެން ވެސް އުޅެނީ ކުޑަ ގަޑިއެއް ހިފައިގެން ކަމުގައި ބުނެވެއެވެ. މިގަޑި އޮންނަނީ ކުޑަ ޗޭނަކުން ޖީބާ ގުޅުވާފައެވެ. އެގޮތަށް މަސައްކަތު އުޅުމުގެ ތެރޭގައި ގަޑި ވެއްޓި ހަލާކުވާ ފަހަރު ދިމާވެއެވެ.ކޮންމެއަކަސް ޖިންސުގައި މި އިންނަ ކުޑަ ޖީބަކީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ލެވީސް ބްރޭންޑުން ތައްޔާރު ކުރި ޖީބެކެވެ. އެގޮތަށް ކުޑަ ޖީބެއް ހެދުމުން ގަޑި ވެއްޓި ހަލާކުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އެހެންކަމުން އެދުވަސްވަރު އެ ޖީބަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި އެއްޗެކެވެ.

މި ޒަމާނުގައި ހަގީގަތަށް ދަންނަވާނަމަ މި ޖީބަކީ މާ ބޮޑު ބޭނުމެއް ހިފޭ އެއްޗެއް ނޫނެވެ. ނަމަވެސް އެ ކުޑަ ޖީބު ނެތްނަމަ މިހާރު ޖިންސުގެ އަސްލު ގެއްލިދާނެ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. މިހާރު އެއީ ހަމައެކަނި ރީއްޗަކަށް އިންނަ ޖީބަކަށް މިވަނީ ވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside