
big_C12S99Zf5BXDsCd5l83OzfRbi
ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިން ޖަހާނެ ވަގުތުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާންމުކޮށްފި އެވެ.

އެޗްޕީއޭއިން އާންމު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަދު ވެކްސިން ސެންޓަރުތައް ބަންދުވާނެ އެވެ. އެހެން ނަމަވެސް ބުދަ ދުވަހުން ފެށިގެން އަނެއްކާވެސް ރާއްޖޭގައި ވެކްސިން ޖަހާނެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ވަގުތުތަކުން ރޯދަ މަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތުގައެވެ.
މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:
ސޯޝަލް ސެންޓަރު - 21:00 ން 23:00 އަށް
ނެޝަނަލް އާޓް ގެލަރީ 21:00 ން 23:00 އަށް
ރައްޔިތުންގެ މަޖްލިސް 21:00 ން 23:00އަށް
ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:00އަށް
ވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:00އަށް
ސެނަހިޔާ 21:00 އިން 23:00 އަށް
ރާއްޖޭގައި މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި އެވެ. އެގޮތުން ސިނޮޕާރމް ވެކްސިންގެ ފުރަތަމަ ޑޯޒު 18 އަހަރާއި 60 އަހަރާއި ދެމެދުގެ، އެއްވެސް ވެކްސިނެއް ޖަހާފައި ނުވާ މީހުންނަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ރޭގަނޑު 21:00 އިން 23:00 އަށް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.