logoEN
Sto top
ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން : ރައީސް

ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން : ރައީސް

އަހުމަދު ޝުރާއު

logo

4/13/2021, 10:23:02 AM

181268_83ef1b07-d_

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދެރަގޮތެއް ނުވާނެކަމަށާއި ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން ވެސް މިދިޔަ ހަފުތާގައި އެ މަނިކުފާނާ ބައްދަލުކުރައްވައި ޔާމީނަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ވާއިރު، ކިހާ ދުވަހެއްގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފޮނުއްވި ސިޓީގައި ރައީސް ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރި ނަމަވެސް، ރައީސް ޔާމީނާ ހަވާލާދެއްވަައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ މައްސަލަައެއް ނެތް ކަމަށެވެ. އަދި ޔާމީންގެ ޓެސްޓުތަކެއް ހަދަން ބޭރަށް ފޮނުވަން ޑޮކްޓަރު ރިކޮމެންޑް ކުރި ނަމަވެސް ޔާމީން އެގޮތެއް ބޭނުންފުޅެއް ނުވި ކަމަށާއި އެއީ ރާއްޖެ އިން ހެދެން ނެތް ޓެސްޓުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއީ ވަރަށް ކުރީގެ ރިކޮމެންޑޭޝަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside