logoEN
Sto top
ޒަލީފް އާއިއެކު ތިނަދޫ ކައުންސިލަށް ޕީޕީއެމްގެ 3 މެމްބަރުން!

ޒަލީފް އާއިއެކު ތިނަދޫ ކައުންސިލަށް ޕީޕީއެމްގެ 3 މެމްބަރުން!

އަހުމަދު ޝުރާއު

logo

4/11/2021, 3:18:01 AM

D3867939-CEAA-4BF9-BBA8-87E4517FCA81

މޯލްޑިވިއަން އައިޑޮލްއިން ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޒަލީފު އަބްދުﷲ އާއި އެކު ގދ ތިނަދޫ ކައުންސިލަށް ޕީޕީއެމްގެ 3 މެމްބަރުން އިންތިހާބުވެއްޖެ އެވެ.

Wamco

ގދ ތިނަދޫގެ ރަށު ކައުންސިލަށް ކައުންސިލް އިންތިހާބު ބާއްވަން ފެށިތާ ދިހަ އަހަރު ވެގެން ދިޔައިރު މިއީ ޕީޕީއެމް މެމްބަރުން އިންތިހާބުވި ފުރަތަމަ ފަހަރެވެ. އެގޮތުން މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިނަދޫ ކައުންސިލްގެ މެމްބަރުކަން ވަނީ ޕީޕީއެމްގެ އަޙުމަދު ވަޙީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރު އަދި މުހައްމަދު ޒަލީފް އަބްދުﷲ އަށް ކަށަވަރުވެފައި އެވެ.

ކައުންސިލްގެ މެމްބަރުކަމުގެ ގޮނޑިތަށް ދެން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ނަސްރުﷲ އަލީ އާއި އެޕާޓީގެ ފަރާތުން ކައުންސިލްގެ އަންހެނުއްނަށް ޚާއްސަ ގޮނޑިއަށް އާމިނަތު ނަސީމާ އެވެ. ކައުންސިލްގެ އަންހެނުއްނަށް ޚާއްސަ ގޮނޑިއަށް އިންތިހާބު ކުރާ ތިންވަނަ މެމްބަރު އަދި ޔަގީން ވެފައި ނުވެއެވެ.

ޕީޕީއެމްގެ ފަރާތުން ތިނަދޫ ކައުންސިލަށް ދެން ކުރިމަތިލެއްވި މެމްބަރުންނަކީ ނިއުމާ ޙުސައިން އަދި އާމިނަތު އަބްދުﷲ އެވެ.

އެޕާޓީން ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ މުޙައްމަދު ނަސީމެވެ. އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside