
-
ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި އަލަށް އުފެއްދި މިނިސްޓްރީގެ މިނިސްޓަރަށް މިހާރުވެސް ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުالله ރިފާއު އައްޔަނުކުރައްވައިފި އެވެ.

މިއަދު އަލަށް އުފެއްދި މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އެވެ.
އެގޮތުން މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސްގެ މަގާމަށް ރާފިއު އައްޔަން ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ކުރިފުޅުމަތީގައި ރާފިއު ވަނީ ވަޒީރެއްގެ ހުވައި ކުރައްވާފަ އެވެ.
އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން ރާފިއުއާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އަކީ މީގެ ކުރީން ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިނގަމުން އައި ދެ މިނިސްޓްރީއެވެ. އެގޮތުން މިއަދު ސަރުކާރުން ނިންމި ނިންމުމާއިއެކު ކުރީން ވަކީން ހިންގަމުންދިޔަ ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ ދެން ހިނގަމުންދާނީ އެއް މިނިސްޓްރީއެއްގެ ގޮތުގައި އެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އަށް ރާފިއު އައްޔަނުކޮށްފައިމިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކުރީން ޔޫތު މިނިސްޓަރަކަށް ހުންނެވި އިބްރާހީމް ވަހީދު މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ގުޅުންހުރި

މަސައްކަތް ކުރާނީ މަސައްކަތްތެރިން ބާރުވެރިކުރުވައި ހައްގުތައް ހޯދައިދިނުމަށް: އިޙްސާން

ކެބިނެޓް މެންބަރުންގެ ޢަދަދު 15އަށް މަދުކޮށް، ބޮޑެތި ބަދަލުތަކެއް!

ޓްރާންސްޕޯޓު މިނިސްޓްރީއާއި އެކޮނޮމިކް މިނިސްޓްރީ އެއްކޮށްލައިފި: މިނިސްޓަރަކަށް ސައީދު!




