logoEN
WAMCO TOP 1
ހެލްތު މިނިސްޓްރީއާއި ޖެންޑާރ މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ގީލާ!

ހެލްތު މިނިސްޓްރީއާއި ޖެންޑާރ މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ގީލާ!

އަހުމަދު ޝުރާއު

logo

4/14/2026, 2:11:56 PM

# ރައީސް މުއިއްޒު

-

މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ މަގާމަށް ގީލާ އަލީ އައްޔަނުކުރައްވައިފި އެވެ.

THE TRAVELLER AD

މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ މަގާމަށް ގީލާ އަލީ އައްޔަން ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ މަގާމަށް މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ކުރިފުޅުމަތީގައި ގީލާ އަލީ ވަނީ ވަޒީރެއްގެ ހުވައި ކުރައްވާފަ އެވެ.

އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން ގީލާއާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ އަކީ މީގެ ކުރީން ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިނގަމުން އައި ދެ މިނިސްޓްރީއެވެ. އެގޮތުން މިއަދު ސަރުކާރުން ނިންމި ނިންމުމާއިއެކު ކުރީން ވަކީން ހިންގަމުންދިޔަ ހެލްތު މިނިސްޓްރީއާއި ފެމިލީ މިނިސްޓްރީ ދެން ހިނގަމުންދާނީ އެއް މިނިސްޓްރީއެއްގެ ގޮތުގައި އެވެ.

މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ އަށް ގީލާ އައްޔަނުކޮށްފައިމިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކުރީން އެ ދެ މިނިސްޓްރީ ވަކީން ހިންގަމުންދިޔަ އިރު ވަޒީރުންގެ ގޮތުގައި ތިއްބެވި ޑޮކްޓަރ ޢާއިޝަތު ޝިހާމް އާއި ޢަބްދުﷲ ނާޡިމް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC