
-
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް ހީނާ ވަލީދު އައްޔަނުކުރައްވައިފި އެވެ.

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ހީނާ ވަލީދު އައްޔަން ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ކުރިފުޅުމަތީގައި ހީނާ ވަލީދު ވަނީ ވަޒީރެއްގެ ހުވައި ކުރައްވާފަ އެވެ.
އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން ހީނާއާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ހީނާއަކީ މީގެ ކުރީން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަރުޖަމާނެވެ. އަދި އެންސްޕާގެ ސީއީއޯކަންވެސް ކުރައްވަމުން ގެންދެވީ ހީނާއެވެ.
އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ އައްޔަނުކޮށްފައިމިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން އެމަގާމުގައި ކުރީން ހުންނެވި އާދަމް ނަޞީރު އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ގުޅުންހުރި

މަސައްކަތް ކުރާނީ މަސައްކަތްތެރިން ބާރުވެރިކުރުވައި ހައްގުތައް ހޯދައިދިނުމަށް: އިޙްސާން

ކެބިނެޓް މެންބަރުންގެ ޢަދަދު 15އަށް މަދުކޮށް، ބޮޑެތި ބަދަލުތަކެއް!

ޓްރާންސްޕޯޓު މިނިސްޓްރީއާއި އެކޮނޮމިކް މިނިސްޓްރީ އެއްކޮށްލައިފި: މިނިސްޓަރަކަށް ސައީދު!




