logoEN
WAMCO TOP 1
ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އައްޔަނުކުރައްވައިފި

ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އައްޔަނުކުރައްވައިފި

އަހުމަދު ޝުރާއު

logo

4/14/2026, 1:54:21 PM

# ރައީސް މުއިއްޒު

ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް އައްޔަނުކުރައްވައިފި އެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އިރުތިޝާމް އައްޔަން ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ކުރިފުޅުމަތީގައި އިރުތިޝާމް އާދަމް ކެބިނެޓު ވަޒީރެއްގެ ހުވައި ކުރައްވާފަ އެވެ.

އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން އިރުތިޝާމްއާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އިރުތިޝާމް އާދަމް މީގެ ކުރީން ހުންނެވީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމާއި އިރުތިޝާމް ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ މެދުތެރޭގައި އެވެ.

އިރުތިޝާމްއަކީ މީގެ ކުރީން ވެސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ވަޒީރުކަން ކުރައްވާފައި އެވެ.

އެގޮތުން އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަން ވެސް އިރްތިޝާމް އަދާކުރެއްވި އެވެ. އޭގެ ކުރިން އޭނާ ވަނީ ޚާރިޖީ ދާއިރާގައި ސަފީރު ކަމުގެ ބައެއް މަގާމުތައް ވެސް ފުރުއްވައިފަ އެވެ.

ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އައްޔަނުކޮށްފައިމިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން އެމަގާމުގައި ކުރީން ހުންނެވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC