logoEN
Sto top
ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަހުމަދު ޝުރާއު

logo

2/6/2026, 1:57:08 PM

# ރައީސް މުއިއްޒު

-

ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭ ނުވަތަ އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، (ކިއު.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ ލަކްސޯންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

Wamco

ނިއުޒީލަންޑްގެ ގަވަނަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި "ޓްރީޓީ އޮފް ވައިޓަންގްއީ"ގެ އަސާސްތައް ކަމަށްވާ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އިޙްތިރާމް ކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި، މި އަސާސްތަކަކީ ނިއުޒީލަންޑްގެ ގައުމިއްޔަތު ބައްޓަންވެފައިވާ އަސާސްތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން ތަރައްޤީވެ، ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެޤައުމުން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، ތަނަވަސްކަމާއި އަމާންކަމަށް އެދިވަޑައިގެން، ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މީގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ވައިޓަންގްއީ ދުވަހާ ގުޅިގެން ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މި ޕޯސްޓްގައި، ވައިޓަންގްއީ ދުވަހަކީ ކުރިއެރުމާއި ޤައުމީ އެއްބައިވަންތަކަމާ ގުޅިފައިވާ މުހިންމު ދުވަހެއްކަން ފާހަގަކުރައްވާފައިވެއެވެ.

ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC