logoEN
Sto top
ކުށްމަދުކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކެންދޫގައި ކުރިއަށް ގެންގޮސްފި

ކުށްމަދުކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކެންދޫގައި ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

1/13/2026, 10:22:38 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ރައްޔިތުން ޒިންމާދާރުކުރުވުމަށް ބ. ކެންދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި މަހު 11 ވަނަ ދުވަހު ކެންދޫ ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރހައްދުތަކުންނާއި ގޭބިސީތަކަށް ޒިޔާރަތްކޮށް ކުށްތަކުން ރައްކާތެރިވެ ތިބުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށްމަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އަމިއްލަ މީހާގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާ މައްސަލަތަކުން ސަލާމަތްވެތިބުމަށާއި ނުދަންނަ ނަންބަރުތަކުން އަންނަ ކޯލުތަކަށް ޖަވާބުނުދިނުމަށާއި އޮންލައިންކޮށް ވިޔަފާރިކުރާއިރު ސަމާލުކަންދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަންދިނުމަށާއި ގާނޫނައި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC