logoEN
Sto top
ވީއައިއޭގައި ދެބަޔެއްގެ ދެމެދުގައި ހަމަނުޖެހުމެއް: ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ދިނީ ނަސޭހަތް!

ވީއައިއޭގައި ދެބަޔެއްގެ ދެމެދުގައި ހަމަނުޖެހުމެއް: ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ދިނީ ނަސޭހަތް!

އަހުމަދު ޝުރާއު

logo

1/10/2026, 5:17:48 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެބައެއްގެ ދެމެދުގައި ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަމުން އަންނަކަން ފުލުހުން ހާމަކޮށްފި އެވެ.

Wamco

ފުލުހުންގެ މިޑީއާ އޮފިޝަލް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ދެބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ރޭ 12:15 އެހާކަންހާއިރު ފުލުހުންނަސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރުވޭ މީހުން ފުލުހަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށް ނަސޭހަތް ދީފައިވާކަން މިޑީއާ އޮފިޝަލް ހާމަކުރެއްވި އެވެ.

މި ހަމަނުޖެހުމުގެ ވީޑިއޯއެއް މިއަދު އާންމުވެފައިވާއިރު މި ހަމަނުޖެހުން ހިންގީ ބިދޭސީންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެމީހުންނާއިމެދު އިތުރު ފިޔަވަޅެއް ނާޅާކަމަށް މައުލޫމާތުލިބެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC