
ޕާކްކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުންގެ އިލްތިމާސް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޕާކްކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.
އަދި ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ޓްރެފިކް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އާންމު ދަތުރުފަތުރަށާއި ޓްރެފިކް ފްލޯއަށް ދަތިވާ ގޮތަށް (ގަވާއިދާ ޚިލާފަށް) ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރަމުން ގެންދާނެއެވެ.
އަދި ވަކިން ޚާއްސަކޮށް ކަފީހުރަސްމަތި، ގޯޅި ކަންމަތި، ދެ ރޮނގު ދަމާފައި ހުންނަ ސަރަޙައްދު، އޮފީސްތަކާއި މަދަރުސާތަކާއި މިސްކިތްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުގެ ގޭޓް ކުރިމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކުރުމަށް އިސްކަންދެވޭނެކަން ޓްރެފިކް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ 6ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ގުޅުންހުރި

އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފުލުހުން ފަށައިފި

ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު 66 ފުލުހަކު ހުވާކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ބަންދުގައި ހުރި ސަނީގެ ގެއަށް ހެކި ހޯދަން ފުލުހުން ވަދެފި





