logoEN
Sto top
އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި އިމްތިހާން ހަދާފައިވޭ!

އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި އިމްތިހާން ހަދާފައިވޭ!

އަހުމަދު ޝުރާއު

logo

12/29/2025, 7:40:03 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި އިމްތިހާން ހަދާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

Wamco

އެވުޒާރާގެ ފަރާތުން މިކަން މިއަދު ހާމަކުރެއްވީ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ މިއަހަރުގެ (2025) މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި އިމްތިހާން ހަދާފައިވާ ކަމަށާއި އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށް ދާއިރު އިތުރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވަމުންދާކަމަށެވެ. މިއާއި އެކު އަންނަ ރޯދަ މަހު 27 ވިލޭރޭ އިތުރު 30 ހާފިޒުން ދަސްވެނިވާނެކަމަށާއި މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް ވަޒީރު ހާމަކުރެއްވި އެވެ.

ޝަހީމް ވަނީ 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެކަންވެސް ހާމަކުރައްވާފައި އެވެ.

ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC