
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކޮށްފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 2026 އަހަރުގެ އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިއަދު އިފްތިތާޙްކުރެވުނު އެކްޝަން ޕްލޭނަކީ ވުޒާރާގެ އިން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެއްކަން ފާހަގަކޮށްލެވެއެވެ. ވުޒާރާގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައި ވާ ގޮތަށް ކަންކަން ޙަސިލްކުރެވޭނެ މަގުންނެވެ. މިއީ ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވިގެންދާ މުހިއްމު މަސައްކަތެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރަށްވެސް އެކްޝަން ޕްލޭންއަކާއެކު މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާއިރު، އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ފާހަގަ ކުރައްވާފައެވެ.
މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު މި ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިޚްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައިކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ މުވައްޒަފުން ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެކްޝަން ޕްލޭނަކީ ވުޒާރާގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭން: https://islamicaffairs.gov.mv/Library/38453
ގުޅުންހުރި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކޮށްފި

ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި
.jpg&w=3840&q=75)
ތަރުހީބު ބޮޑުވެ، ޙައްޖު ޢުމްރާ އެގްޒިބިޝަން 2025 މިއަދު ހަވީރުވެސް ކުރިއަށް ގެންދާނެ!





