logoEN
PNC TOP 3
ސްކޫލް ބަންދާއި އައު އަހަރާ ގުޅިގެން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ހާއްސަ ޕްރޮގްރާމެއް ހިންގައިފި

ސްކޫލް ބަންދާއި އައު އަހަރާ ގުޅިގެން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ހާއްސަ ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޝުރާއު

logo

12/19/2025, 6:30:12 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މިއަހަރުގެ ސްކޫލް ބަންދާއި އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން މާލެ އޭރިއާގައި ދިރިއުޅޭ ރައްޔިތުންނާއި ޗުއްޓީއާ ދިމާކޮށް ރަށުން ބޭރަށް ވަޑައިގަންނަވާ ފަރާތްތަކާއި ޗުއްޓީއަށް މާލެ އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުލުހުން ހިންގައިފިއެވެ.

PNC MID 2

ސްކޫލް ހޮލިޑޭ ސޭފްޓީ އެންޑް ސެކިއުރިޓީ 2025 - ކޮމިއުނިޓީ ސޭފްޓީ ޕަލްސް ޗެކް" ގެ ނަމުގައި އިއްޔެ ހަވީރު ކުރިއަށް މި ޕްރޮގްރާމުގައި މާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނާއި ޓްރެފިކް ޕޮލިސް އާއި އެންޓި ސްކޭމް ސެންޓަރާއި ކްރައިމް ޕްރިވެންޝަން ހިމެނޭހެން 400 ފުލުހުން ވަނީ އެއް ގަޑިއެއްގައި މަގުތަކަށް ނުކުމެ ވީހާވެސް ގިނަ އާންމުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ހޯދައި، ޗުއްޓީ ދުވަސްވަރު ހިނގާ އެކި ބާވަތުގެ ކުށްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާލެ ޕޮލިސް އަދި މާލެ ފްރަންޓްލައިން ޕޮލިސިންގގެ އެކި ޑިޕާރޓްމަންޓްތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މާލެ ފްރަންޓްލައިން ޕޮލިސިންގގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގެ ވެރިން ވަނީ އެއަވަށެއްގައި ކަނޑައަޅާފައިވާ ތަނެއްގައި ގާއިމްވެ ތިބެ ރައްޔިތުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާއި ސާފުކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މާލެ 48 ސަބް ޒޯނަކަށް ބަހާލައިގެން އެކި ސަރަހައްދުތަކުގައި ފުލުހުން މައުލޫމާތު ދީފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިިން ކުށާއި، ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް އާންމުންނާއި ހިއްސާކޮށް ހޭލުންތެރިކުރުމުގެ އިތުރުން، ފުލުހުންގެ ހެލްޕް ލައިން ނަންބަރުތަކާއި، ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްތައް އަދި މައްސަލަތައް ރިޕޯޓްކުރާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި އަލަށް ތައާރަފްކޮށްފައިވާ އެޕްލިކޭޝަނާ ބެހޭ މައުލޫމާތުވެސް މި ހަރަކާތުގެ ތެރެއިން އާންމުންނާ ހިއްސާކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC