
ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށްފި
# ރައީސް މުއިއްޒު-
ރ ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އޮންނަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މިއަދު އެރަށަށް ވަޑައިގެންނެވުމުން ބޭއްވި ޚާއްސަ ހަފްލާއެއްގައިވެ.
އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށެވެ.
2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ބޮޑެތު ރަށްތަކުގައި ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ގުޅުންހުރި

މަސްވެރިކަމުގެ ސިނާޢަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާޢަތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޚިޔާލާ މަޝްވަރާ!

މަސްވެރިންގެ ދުވަހުގެ ކާބޯތަކެތީގެ މައުރަޒަށް ރައީސްގެ ދެކަނބަލުން ޒިޔާރާތްކުރައްވައިފި

ރަށްރަށުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުތަކުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ: ވަޒީރު





